ރައީސް ޞާލިޙް ބޮޑުތަނުން ބަލިވީ ފާޑު ވިދާޅުވި ކޮންމެ ބޭފުޅަކު ދުރުކުރައްވާ, ސަނާ ކިޔުއްވި ކޮންމެ ބޭފުޅަކު ކައިރިކުރެއްވުމުން: އީވާ
ދިވެހި ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ދަށް ނަތީޖާއެއް ލިބިވަޑައިގެންނެވި ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވެވަޑައިގަތީ އެމަނިކުފާނަށް ފާޑު ވިދާޅުވި ކޮންމެ ބޭފުޅަކު ދުރުކުރައްވާ, ސަނާ ކިޔުއްވި ކޮންމެ ބޭފުޅަކު ކައިރިކުރެއްވުމުން ކަމަށް, ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އީވާ އަބްދުالله ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ, މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އީވާ ވިދާޅުވީ, މިއަދު ރާއްޖެއިން ފެނިގެން މިދަނީ ދައުލަތެއް ލޫޓްވާލާ މަންޒަރު ކަމަށާއި, އެކަން އެކުރަނީ އެންމެ މީހަކު ބާރުގައި ހުރުމުގެ ނިޔަތުގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ދައުލަތެއް ލޫޓްކޮށްލާތަން, އެންމެ މީހެއް ބާރުގައި ހުރުމަށް. ތާއީދެއް ނެތް, ނާޤާބިލް ވެރިޔަކު ވެރިޔަކު ވެރިމުގައި ހުރުމަށްޓަކައި." އީވާ ވިދާޅުވިއެވެ.
އީވާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, ސަރުކާރުން ކަންތައް ކުރި ގޮތުން, ސިޓިން ރައީސެއް. ބޮޑުތަނުން ބަލިވެފައިވާ ކަމަށެވެ.
"ފަސް އަހަރު މިދިޔައީ, ފާޑުކީ މީހަކު ވެއްޖިއްޔާ އެއީ ޒާތީވަނީއޭ ކިޔައިގެން އެކަހެރިކޮށް ބާކީކޮށްލާ, ފަސް އަހަރުގެ ދައުރެއް މިދަނީ ސަނާ ކިޔުން އެއީ ތާއީދާއި ލޯބި ކަމަށް ބަލައިގެން" އީވާ ވިދާޅުވިއެވެ.
"މި ތިން މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މި ފެނުނީ ދެމި ކޮންމެ ދިދައެއް އެއީ ތާއީދު ކަމަށ ހިސާބު ޖެހިތަން. ފައިސާ ދިން ކޮންމެ މީހަކު އެއީ އާއިލާއެއްގެ ތާއީދު, ލިބުނު މީހަކަށް ޖެހިތައް. ފައިސާކޮޅެއް ދިއްކޮށްލި, ފައިސާ ކޮޅަކަށް ގަނެލި ކޮންމެ ރައްޔިތުންގެ މަޖިލީހިގެ މެންބަރަކީ މުޅި ރަށެއްގެ މުޅި ދާއިރާގެ ތާއީދު ކަަމަށް ބަލާ ހިސާބު ޖެހިތަން. ނަތީޖާއަކަށްވީ, ދިވެހި ތާރީޚުގައި އެންމެ ދަށުން ނަތީޖާ ހޯއްދެވި ވެރިޔަކަށް ރައީސް ޞާލިޙް ވެގެން ދިއުން."
އީވާ އިތުތަށް ވިދާޅުވީ, ރައީސް ޞާލިޙަށް ރައްޔިތުން ބުނި "ނޯ"އަކީ ރިޔާސީ ނިޒާމަށް ވެސް ބުނި "ނޯ" ކަމަށެވެ. "އަޅުގަނޑަށް ހީވަނީ ދިވެހިން އެބުނަނީ ރިޔާސީ ނިޒާމަކަށް ނޫނެކޭހެން. ރައީސުލްޖުމްހޫރިއްޔާ ކިޔާ އެންމެ މީހެއްގެ ކިބައިގައި މިވަރަށް ބާރުތައް ޖަމާވުން އެއީ ދިވެހިން ނުރުހޭ ކަމެއް" އީވާ ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަކަށް އެކަމަނާ ތާއީދު ކުރައްވާ ސަބަބު ހާމަ ކުރައްވަމުން އީވާ ވިދާޅުވީ, އެ ނިޒާމަކީފާރަވެރިވެ, މޮނިޓަރ ކުރެވޭ ނިޒާމެއް ކަމަށެވެ. އަދި ޤައުމެއްގެ ތަނަވަސްކަން ރައްޔިތުންނާ ހަމައަށް ނުފޯރައިގެން އުޅެނީ, ވައްކަމާއި ނާޤާބިލު ވެރިންގެ ސަބަބުން ކަަމަށާއު, މބަރުލަމާނީ ނިޒާމުން އެކަންކަން ވަގުތުން ވަގުތަށް ބެލޭނެ ކަަމަށެވެ.
އޭ، ކޮބައިތަ ފައްޔާޒު މިހާރު. އެއީ ވަރަށް ދޫނުބައި ދޫވިހަ މީހެއް. އޭނަ ބޭރުކޮށްބަލަ