ޚަބަރު

ޢަލީ ވަހީދު ޖޭޕީން ވަކިވެވަޑައިގެންފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ވަކިވެވަޑައިގެންފިއެެވެ.

Ads by STELCO

އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަރިހުގައި މަސައްކަތް ކުރަން ލިބިވަޑައިގެންނެވި ފުރުސަތަކީ ނުހަނު އަގު ހުރި ތަޖުރިބާއެއް ކަަމަށެވެ.

އަދި މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީން އޭނާ ވަކިވެވަޑައިގެންފައިވާ ކަމަށް ވެސް، ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަފުގައި ދެމި ހުންނަވާނެ ކަމަށެވެ.

Ads by Ooredoo
  1. އަލީ ކަރާ ކޮޅެއް ހިފައިގެން އައިސް މާލެ މަގުމަތީ މާރުކޭޓް ކައިރީ ދަމައިކަނޑަން ހުއްޓަސް އުޅެވޭވަރަށް ފައިސާކޮޅެއް ނުލިބޭނެބާ ؟ މިހާރު ތިއުޅޭގިތަށް ސިޔާސީ ވަފާތެރި ކެހިވެރިޔަކަށް އުޅުމަށްވުރެން !