ޚަބަރު ސިޔާސީ

މިއަދަށް ތާވަލުކުރި ރައީސް ޔާމީންގެ އަޑުއެހުން ކެންސަލްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުން ކެންސަލްކޮށްފިއެވެ.

Ads by MWSC

މިއަދު މެންދުރު ފަހަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ހައި ކޯޓުން ބުނި ގޮތުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެންނެވެ.

އަޑުއެހުން ކެންސަލް ކުރަން އެދުނު ސަބަބެއް ސާފެއް ނުވެއެވެ. ރައީސް ޔާމީންގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.

ޔާމީންގެ މައްޗަށް ދެ މައްސަލައެއް ސާބިތުވެ ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެ މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ހައިކޯޓުގައިވަނީ ބާއްވާފައެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަައިގައި ދެން އޮންނާނީ އެންމެ ފަހުން ދައުލަތުން ދެއްކި ވާހަކަތަކަށް ޔާމީންގެ ފަރާތްޕުޅުން ރައްދު ދިނުމަށް ފަހު ހުލާސާކޮށް ވާހަކަ ދެއްކުމެވެ. އޭގެ ފަހުން އޮންނާނީ ހުކުމް ކުރުމެވެ.

ހައި ކޯޓުން ކުރިއަށް ގެންދާ އިސްތިއުނާފީ މައްސަލައަކީ ވ. އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ އިސްތިއުނާފެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!