ޚަބަރު

ރިޓަޔަރ ކުރާ އުމުރު 70 އަހަރަށް ބޮޑުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޓަޔަ ކުރާ އުމުރު 70 އަހަރަށް ބޮޑުކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ރިޓަޔާމެންޓް އުމުރު 65 އިން 70 އަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ.

މިރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް 7،000 ރުފިޔާ އަށް ބޮޑުކުރަން ވެސް ނިންމާފައެވެ. މީގެ އިތުރުން ކޮވިޑުގެ ދުވަސްވަރު އެސްއެމްއީ ބޭންކުން ވިޔަފާރި އެހީގެ ގޮޔތުގައި ދޫކުރި ލޯނުތަކުގެ އިންޓަރެސްޓު ކަނޑާލައި، އަނބުރާ ދައްކަންޖެހޭ މުއްދަތު 10 އަހަރަށް ހަދަން ވެސް ރައީސް ޞާލިޙް ވަނީ ނިންމާފައެވެ.

އަދި އަމިއްލަ ރަށް ނޫން އެހެން ރަށް ރަށުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް އެލަވެންސެއްގެ ގޮތުގައި 7000 ރުފިޔާ ދޭނެ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Ads by HDC
  1. ފިސާރި

    ހެދެންއޮތް ހުރިހާއެއްޗެއް ފަހުބުރުގައި އެހަދަނީ. ރައްޔިތުންދެކެ ލޯބިވާ ވެރިއެއްނަމަ މިކަން ކުރިއާލާ ހަމަޖައްސާ ދިނީސް.

    • ކުރުސީ.

      ޙަމަގައިމުވެސް އެފައިދާ އެވަނީ އާއްމު ރައްޔިތުމީހާ އަށް.

    • ޢަކިއޯ

      ޙަމަ ތެއްދެއް ތިއީ

  2. ބަގުރޫޓް ވާތީ ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން މިއުޅެނީ، ބަލަ ރާއްޖޭގެ ޒުވާން އާބާދީއަށް ވަޒީފާގެ ފުރުސަތު ބޮޑުކޮށް ފަހިވާނީ އުމުރުން 55 ގައި ރިޓެޔާ ކޮށްގެން ! ރިޓެޔާވާ މީހުން ޖެހޭނީ ﷲ އަޅުކަން ކޮށް އުފަލުގައި ދިރިއުޅެން އަހަރަކު އެއްފަހަރު އުމުރާޔަށް ވެސް ދާންވާނެ ، ގިނަ ވަގުތު އަޅުކަމުގައި ހޭދަ ކުރަންވާނެ !

  3. ކަކުނި މޭން

    ތީ މުއިޒް ވެފައޮތް ވައްދެއް އަމިއްްލައައް ވައުދެއް ވާކައް މިހާރު ނޭންގޭ

  4. އައިޝަތު ޒީތް

    ދެން 65 އަހަރުވީމަކާ ލާރި ދޭކަން ނުޖެހޭނެ ދެން ލާރި ލިބޭނީ 70 އަހަރުވީމަ ތިއޮތީ ބޮލުގެ އެއްޗެއް ހަދާފާ
    ތިކަމުން ދެރަވާނީ އާމު ރައްޔިތުމީހާ އަށް

  5. އައިޝަތު ޒީް

    އަދި ބަދަލް ކުރާނެ 100 އަހަރަށް ވެސް ތީގެ ގެންލުން ވާނީ 70 އަހަރުވެފައިވާ މީހާ ދަރިންނަން އެކުދިން ޖެހޭނި މަންމަ ނޫނީ ބައްޕަ ގޮވާއިން އަބަދުން ވަޒީފާ އަށްގެންދަން ބޯހަލާކު