ޚަބަރު ސިޔާސީ

ރަށުގެ ސައިޒު ކުޑަވިޔަސް ރައްޔިތުންވާނީ ރައްޔިތުންނަށް: މުއިއްޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރަށްރަށުގެ ސައިޒުތައް ކުޑަވިޔަސް އަދި ބޮޑުވިޔަސް ރައްޔިތުން ވާނީ ރައްޔިތުންނަށް ކަމަށާއި ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ޚިދުމަތްކޮށްދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ޅ. އޮޅުވެލިފުށްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން އެދިލައްވާ ކަންކަން ހާޞިލްކޮށްދެއްވާނެކަމަށާއި ރަށްރަށުގެ ސައިޒު ކުޑަ ވިޔަސް ބޮޑުވިޔަސް ރައްޔިތުންވާނީ ރައްޔިތުންނަށް ކަމަށެވެ.

"މައިގަނޑު އަސާސަކީ ތަފާތުނުކުރުން، ހަމަހަމަކަން ގެންގުޅުން، އާބާދީ ކުޑަވިޔަސް ބޮޑުވިޔަސް ރަށުގެ ސައިޒު ކުޑަވޔަސް ބޮޑުވިޔަސް ރައްޔޮތޔުން ވާނީ ރައްޔިތުންނަށް، ހަމަހަމަކަން ޤާއިމްކޮށްދޭނަން" މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އެ ރަށުގެ މީހުންނަށް ދަތިވެފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ބަނދަރާއި ގުޅިފައިވާ ކަންކަން ހައްލުކޮށްދެއްވާނެކަމަށާއި އޭރުން އެރަށުގެ އޮޑިދޯނިފަހަރު ގެންގުޅުއްވާ ބޭފުުޅުންނަށް އެކަމުން ފަސޭހަވެ ރަށަށް އެކަމުންވެސް ތަރައްޤީ ލިބިގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހުރިހާ ރަށަކަށްވެސް ކޮށްދެއްވާނެކަމަށް ވިދާޅުވާ އެއްގޮތް ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އޭގެ ތެރޭގައި ޞިއްޙީ ނިޒާމާއި ތައުލީމީ ނިޒާމަށް ބޭނުންވާ ކަންކަން ހިމެނޭކަމަށެވެ. އެގޮތުން، އެ ރަށުގެ ވެސް ޞިއްޙީ ދާއިރާގައި ބޭނުންވެފައިހުރި ކަންކަން އެ ރަށުގެ އާބާދީގެ ނިސްބަތަށް ބަލައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވާނެކަމަށާއި އަދި ސުކޫލަށް ބޭނުންވާ ތަރައްޤީތަށް ގެނެސްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި ވަކިން ޚާއްސަ ކަމެއްގެ ގޮތުގައި އެ ރަށުގެ ރައްޔިތުން އެދިވަޑައިގެންނެވި ފަދައިން ޤްރުއާން ކްލާހެއް ޤާއިމްކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ ނިޞްބަތުން ޒުވާނުންގެ މަރުކަޒު ހައްދަވައިދެއްވާނެކަމަށާއި އޮޅުވެލިފުށީގައިވެސް އެފަދަ މަރުކަޒެއް ޤާއިމްކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ރަށުގެ ބިމަށްވެސް ޖާގަ އިތުރުކޮށްދިނުމުގެ ގޮތުން ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ސަރުކާރެއް ވެގެންދާނީ ރައްޔިތުންނަށް ކަންކަން ކޮށްދޭ ހިތްވާ އަދި ތަރައްޤީ ގެނެސްދޭ ހިތްވާ، ތަރައްޤީ ގެނެސްދޭނެ ސަރުކާރަކަށް ކަމަށާއި، ޤައުމު މިހާރު އޮތް ހާލަތުން ނަގައި ކޮޅަށް ޖެހުމަށް މި މަހު 30 ވަނަ ދުވަހު ޕީޕީއެމް/ޕީއެންސީއާއެކު ނުކުންނަވައި ޤައުމީ ވިސްނުން އިސްކޮށް އެމަނިކުފާނަށް ވޯޓު ދެއްވުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

Ads by Ooredoo
  1. ހަރިބޯ

    މީގެ ކުރިން ކުދިރަށްރަށުގެ ރައްޔިތުންނަށް އަޅާނުލީ ކީވެތަ؟؟؟

  2. ކިހާދޫ ޕީއެންސީ

    ކިހާދޫގެ އަގުވައްޓްން ނޫޅޭތީ.
    ޜީދޫ ބައިގަޑުގެ ވައްތަރުޓީ. މާނު ބުނައްތަ ފެންވަރު ނޯޅޭތި. ކަމަދޫ ނޫނީ ހިތާދޫ އާއިލާތައް ތިވައްތަރައް ނޫލޭތި. ގޭގަ ތިބޭ 3 އިގިލި ދައްކާގެން. ޥަޒީފާގަޑެއްގަ ވެސް އުޅެން ނުކެރޭ ބައެްތީ. ޒުބައިރު ހުއްޓަސް އަނބި ކަލުން ވެސް ކަދާލައް ޖެހިދާނެ. ފާއިވެސް ކަދާލެވިދާނެ

    • ކިހާދޫ ޕީޕީމް

      އަދި ވެރިކަން ނުލިބި ތިއުޅެނީ ހިތާދޫ މީހަކަށް ހެލްތު ޕޯސްޓު ދޭނީވެސް ކުދި ޕާޓީތަކުގެ ކުދިން އެހައް ވާހަކަނުދަށްކަ މަޑުން ތިބޭ

    • މުރާސިލު

      ކިހާދޫ ޕީއެންސީ އައް މާ އެގިގެން ފޮނު އަރުވަނީ! ތިން އިގިލިނުން ހަ އިގިލިވެސް ދައްކާނެ ފޮނުއަރުވަ އަރުވަ ތިބެންޖެހޭނީ، މި ރަަށުގައި ހިގާނީ އަހަރެމެންގެ ބާރު! ސަލާމް

    • ުމާނު

      ތީ ތި އާލާތުން ފެންވަރަކީ.. ސަލާން ކޮށްލަން ދާއިރަށް ތި ގެޅެނީ އަނބިންނާ..

    • ސޮއްޑެ

      ކިހާދޫ ޕީއެންސީ ޖަހައިގެން ކޮމެންޓެއްވެސް ކުރަން ތި ކެރެނީ. ބުރޯ އަމިއްލަ ނަމުގަ އެއްޗެއް ލިޔަން ނުކެރެންޱާ ފިއްތާލައިގެން ހުރެބަލަ ނުވީދެ.

  3. ކިހާދޫ ރައްޔިތެއް

    ކޮންމެ ކުލައަކަށް ވީކަމުގައިވިޔަސް އިހްތިރާމް ކުރަންޖެހޭ. ކިހާދޫ ޕީއެންސީގެ އަޚްލާގު ތިހުރީ ވަރަށްވެސް ދަށުގައި. ޒާތީވެގެން ލިބެންއިން ވޯޓުކޮޅުވެސް ގެއްލުނުތަން ފެންނާނީ.

    • މުރާސިލު

      ޕީ އެން ސީ އަސްލު ސިފާގަ ނުކުމެބަލަ! ފޮނު ނާރުވާ ތިވަރު ފެންވަރު ހުރި މީހެއް ނޫން ކާކު ކަންވެސް އެގޭ ބައްދަލު ކޮއްލާނަން އަނދިރި ތަނަކުން

  4. ޟަނޫގީ

    ވާގި