ޚަބަރު ސިޔާސީ

އިންތިޚާބުގެ ދެވަނަ ބުރުގައި 12 ވޯޓު ފޮށި އިތުރުވާނެ

ޙައްވާ މޫސާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ފުރަތަމަ ބުރަށްވުރެ އިތުރަށް 12 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

Ads by STELCO

އީސީން މިކަން ހާމަކޮށްފައި ވަނީ އިންތިޚާބަށް ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.

އެގޮތުން އެ ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ ފުރަތަމަ ބުރުގައި 574 ވޯޓު ފޮށި ބެހެއްޓިނަމަވެސް، ދެވަނަ ބުރުގައި 586 ވޯޓު ފޮށި ބެއްހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ހަމަ އެހެންމެ ވޯޓު ފޮށި އިތުރުވީ މާލެ ސަރަހައްދުގެ އިތުރުން ޓްރިވެންޑްރަމަށް ކަމަށް އީސީން ހާމަކުރެއެވެ.

މިގޮތުން މާލެއަށް 4 ވޯޓު ފޮށި އިތުރުކުރަން ހަމަޖެހިފައިވާއިރު ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް 2 ވޯޓު ފޮށި އަދި ހުޅުމާލެ ދެވަނަ ފިޔަވައްސަށް 4 ވޯޓު ފޮށި އިތުރުކުރާނެ ކަމަށް އީސީން ހާމަކުރެއެވެ.

މީގެ އިތުރުން ވިލިމާލެ އަށް 1 ވޯޓު ފޮށި އަދި އިންޑިއާގެ ޓްރިވެންޑްރަމް އަށް 1 ވޯޓު ފޮށި އިތުރުކުރާނެ ކަމަށް އީސީން ހާމަކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!