ޚަބަރު

ފައިސާއާއި މަޤާމަށް، މިނިވަންކަން ވިއްކާލާ ފަދަ ޗީޕް ބަޔަކަށް ވެގެން ނުވާނެ: މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު، މިރޭ ގިރާވަރު ކޮމިޓީއާއި ބައްދަލުކުރައްވަނީ- ފޮޓޯ/ ދެން އެމްވީ

ލިބޭ ފައިސާއާއި މަޤާމަށް، މިނިވަންކަން ވިއްކާލާ ފަދަ "ޗީޕް" ބަޔަކަށް، ދިވެހީން ވެގެން ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މުއިއްޒު މިހެން ވިދާޅުވެފައި ވަނީ، މިރޭ ގިރާވަރު ކޮމިޓީ އާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.

ދިވެހި ސިފައިންނަށް އުތުރުތިލަފަޅަށް އެރެނީ ވެސް ބޭރުގެ ބައެއްގެ ހުއްދަ ހޯދައިގެން ކަމަށާއި، ޤައުމުގެ މިނިވަންކަން އޮތް ހިސާބަކީ އެއީ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އެކަންކަމަށް ލޯމަރާލައިގެން ތިބެވެން ނެތް ކަންކަން، ދިވެހީންގެ ލޯ ކުރިމަތީގައި މިއަދު ހިނގަމުން އަންނަ ކަމަށާއި، ޤައުމުގެ މިނިވަންކަން ބީވެގެންދާއިރު، އެ މަންޒަރު ބަލަން ތިބެގެން ނުވާނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން އެބަޖެހޭ، މިނިވަންކަމަށް ކުރިމަތިވެފައިވާ ބޮޑެތި ނުރައްކާތަކުން، މި ޤައުމު ސަލާމަތް ކުރަން ތެދުވަން." އެމަނިކުފާނު ވިދާޅުވިއެވެ.

މުޢިއްޒު ވަނީ، ޤައުމުގެ މިނިވަންކަން ދިފާޢު ކުރުމަށް، މި މަހުގެ 30 ވަނަ ދުވަހު، ދިވެހި ރައްޔިތުންނަށް ބާރު ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

"އެއީ ކޮން ބާރެއްތޯ؟ އެއީ އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލް، ކަނޑައެޅުމުގެ ބާރު."

އެމަނިކުފާނު ވިދާޅުވީ، ވޯޓުލާ ދުވަހު، ގަލަމުން ޖަހައިލެވޭ ފާހަގައެއްގެ ސަބަބުން، ޤައުމުގެ މުސްތަޤްބަލް، ތާ އަބަދަށް ބަނަވެގެން ގޮސްފާނެ ކަމަށެވެ.

 

Ads by Ooredoo
  1. ޗޭންޖްއިޓް

    އޮކްޓޯބަރު އެއް ވަނަ ދުވަހު އަލިވިލޭނީ މިނިވަން ރާއްޖެއަކަށް ވާނެ ކަމަށް މުއިއްޒު ބުނުން އެއީ ދިވެހި ވަތަންގެ މިނިވަން ކަން ދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިއަކު ވެސް މަމެން ޕިންކީން ނާއި އެކު މިނިވަން ކަން އަލުން އަނބުރާ ހޯދަން ކަޅުއޮށް ފުންމިއަށް އަރާނެއޭ މިނިވަން ކަން އަލުން ހޯދަން ހުރިހާ ކުދިން ވެސް އަރާށޭ މަމެން ޕިންކީންގެ ކަޅުއޮށް ފުންމިއަށް ޗޭންޖް އިޓް އީވެން ވެލް އިނަފް ޗޭންޖް އިޓް ދިސް އިޒް އޮންލީ ގެޓިންގް ނޯން ޓު އަސް….

  2. ފްލޯލެސް

    ރާއްޖޭގެ މިނިވަން ކަން އަލުން އަނބުރާ ލިބުން އެއީ މަމެން އުފާ ކުރާ ކަމެކޭ ވަތަންގެ މިނިވަން ކަން ދެެކެ ލޯބިވުމަކީ އެއީ ވަތަނަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ އެކަމޭ މަމެން ޕިންކީން ކޮށްދޭން މިއުޅެނީ ލަވިންގް ލިބަރޓީ އިޒް ގިވިންގް އޯސަމް އެން ފްލޯލެސް ފީލިންގް ޓު މައި ހާރޓް ޓަޗިންގް ނެޝަނަލް ފްލެގް ކީޕްސް މައި ރޮމޭންސް ޓު ބީ ރިފްރެޝްޑް ޔޭއް ޔޭއް ޔޭއް ލަވިންގް ދަ ލިޓަރބީ އޮފް ނޭޝަން އިޒް ޕާރފެކްޓް ހޭއް ހޭއް ހޭއް ލަވިންގް ލިބަރޓީ އޮފް ދަ ނޭޝަން އިޒް އޯސަމް އެން ފްލޯލެސް….

  3. އައިތިންކް

    އޯއް އޯއް އޯއް ބަލާލުމުން އިހްސާސް ވަނީ މަމެން ޕިންކީން މޮޅުވާ ތަނޭ މަމެން ޕިންކީން ގޯއްޗަށް ރެޑޭ މެން ގޯތި ހުރިހާ ކުދިން ވެސް އައިސް ވަނުމުން މަމެން އުފާ ކުރަމޭ އެކަމޭ އަދު ހުރިހާ ކަތުން އެއް އަޑަކުން އެކިޔަނީ ވަތަން ވަތަން އެދޭ ގޮތަށް ވަތަން ގެ މިނިވަން ކަން އަލުން އަނބުރާ ހޯދާދޭނީ ހަމައެކަނި މަމެން ޕިންކީންނޭ ޔޭއް ދިސް ކުޑް ބީ އިޓް މަމެންނަށް ހީވަނީ މަމެން ގައުމު ދެކެ ވަރަށް ލޯބިވާހެނޭ ޔޭއް އައި ތިންކް އައި އޭމް އިން ލަވް ވިދް މައި ކަންޓްރީ އައި ތިންކް އައި އޭމް އިން ލަވް ވިދް ޔޫ އޯއް ޔޭއް އައި ނޯ ޔޫ މިސް މީ…