ޚަބަރު ސިޔާސީ

ނިހާންގެ ހިސާބު: ޑރ. މުޢިއްޒު މޮޅުވާނީ 56.5 އިންސައްތަ ހޯދައިގެން 

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް, ޑރ. މުޙައްމަދު މުޢިއްޒު މޮޅުވާނީ 56.5 އިންސައްތަ ހޯދައިގެން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ އަޙްމަދު ނިހާން ވިދާޅުވެއްޖެވެ.

Ads by MWSC

ނިހާން މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ނިހާން ވިދާޅުވީ ޑރ. މުޢިއްޒަށް ދެވަނަ ބުރުގައި 56.5 އިންސައްތަ ވޯޓު ލިބޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓާއެކު ކުރި ހޯއްދަވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެއީ ވޯޓުލީ މީހުންގެ %46.06 ވޯޓާއެކުއެވެ.  ދެވަނަ ހޯއްދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ ޖުމްލަ %39.05 ވޯޓެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

Ads by Ooredoo
  1. އަޒްރާ

    އިންޝާ ﷲ ލިބޭނެ ލާދީނިއްޔަތާ ދެކޮޅަށް ދެވޭ ވޯޓަކީ މުޅި އިސްލާމީ އުންމަތަށް ދެވޭ ވޯޓެއް އިންޝާ ﷲވާނެ

  2. ދިވެހި ރައްޔިތުން

    ޔާމީނުގެ ޓެކްސް ފޮތުގައި އޮންނާނީ ކޯއްޗެއްކަން މި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެގޭ އެފޮތް ހުޅުވާލީ ހާމަކަން ބޮޑުގޮތުގައި ރޯމާދުވާލު އެފޮތުގައިވާ ގޮތުގެ މަތީން އޭނާ އަމިއްލައަށް ކުރި ކަންތަކަށް ލިއުނު ހުކުމުގައި އެއޮތީ ޖަލުގައި އެ ފޮތުގައި ހުރީ މުޅިންވެސް އިސްލާމް ދީނާއި ޚިލާފަށް ހުއްދަނޫން ގޮތްގޮތުގައި ފައިސާއާއި ގުޅޭ މަސައްކަތް ކުރުމަށް ގޮވާލާ ވައްކަން ހުއްދަކުރުމަށް ގޮވާލާ ލިޔެފައި ހުރި ވާހަކަތައް އެކަމަށް މިރާއްޖޭގެ ރައްޔިތުން މުއިއްޒު އަށް 30 ވަނަ ދުވަހު ނޫނެކޭ ބުނާނެ