ފަސްއަހަރު ނުވިކަމެއް 3 ދުވަހުން ވާނެކަމަށް ރައްޔިތުން ގަބޫލެއް ނުކުރާ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު ވިދާޅުވީ ސަރުކާރު ވަރަށް ބޮޑަށް "ދެސްޕަރޭޓް" ވެގެން އުޅޭ މަންޒަރު ސިފަވަމުންދާ ކަމަށާއި އަވަސް އަރުވާލާފައި ކުރިން ކުރަން ނިންމަފައި ނެތް ކަންތައްތަކެއް ފަހުވަގުތު ނިންމަން އަމާޒު ހިފާފައިވާ ކަމަށެވެ.
އަދި ކުއްލިއަކަށް ވޯޓުލާން 3 ދުވަހަށް ވެފައި އޮއްވާ ސިޔާސަތިތައް ހުށަހަޅާ ތަންފީޒު ކުރަމުންދާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
" ފުރަތަމަ ބުރުގައި އިއުލާން ނުކުރާ ސިޔާސަތުތަކެއް އިއުލާން ނުކޮށް ތިއްބާ އިންތިޚާބުގެ ނަތީޖާ އެއްގޮތަކަށްވެސް ހީނުކުރި ގޮތަކަށް ނިކުތީމާ ދެން ކޮންމެވެސް ގޮތަކުން އަވަސް އަރުވާލައިގެން މާބޮޑު ވިސްނުމެއްނެތި ނިންމާ ނިންމުންތަކެއްގެ ގޮތަށް އަޅުގަނޑަށް ސިފަވަނީ އިނގޭތޯ" މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ ވެރިކަމަށް އައުމާއެކު އެންމެ ފުރަތަމަ ކަމަށް ކުރައްވާނީ ރައިސް ޔާމީން ގެއަށް ބަދަލުކުރުން ކަމަށާއި އެކަމަކީ ކަނޑައެޅިގެން ސަރުކާރުގެ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށް މުޢިއްޒު ތުހުމަތުކުރެއްވިއެވެ.
އަދި ރައީސް ޔާމީން މިނިވަން ވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝަރީއަތަށް "އަތްބޭނުން" ހުއްޓުވުނު ދުވަހަކުން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.