މުއިއްޒަށް އޮތް ތާއީދު ދައްކާލީ ޒުވާނުންގެ ސައިކަލު ބުރުން!

ރިޔާސީ އިންތިޚާބުގެ ދެވަނަ ދަތުރުކުރައްވާފައިވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއަށް އޮތް ތާއީދު ދައްކާލުމަށް ޒުވާނުންގެ ސައިކަލު ބުރެއް މިއަދު ބާއްވައިފިއެވެ.
މުއިއްޒުގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފް އިސްކޮށް ހުންނަވައިގެން މިއަދު ހަވީރު ބޭއްވި ސައިކަލު ބުރުގައި އެތައް ސަތޭކަ ޒުވާނުންނެއް ވަނީ ބައިވެރިވެފައެވެ. ޕީޕީއެމްގެ އޮފީސް ކުރިމަތިން ފެށި މި ސައިކަލު ބުރު ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ ބޮޑު ތަކުރުފާނު މަގުގައެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިޔަ ސައިކަލު ބުރުގެ ތެރެއިން، ފޮޓޯ: ޕީޕީއެމް
މި ސައިކަލު ބުރު ކުރިއަށް ދިޔައިރު ޑރ. މުއިއްޒުއަށް ތާއީދުކޮށް، މިފަހަރުގެ އިންތިޚާބު ބޮޑު ތަފާތަކު ކާމިޔާބު ކުރާނެކަމަށް ޒުވާނުން ވަނީ ގޮވާލާފައެވެ. އަދި ޒުވާނުން ތިބީ މިސަރުކާރަށް ނޫނެކޭ ބުނަން ތައްޔާރަށް ކަމަށާއި، ޒުވާނުން އެކަހެރި ކުރުމަށްފަހު ކާމިޔާބު ހާސިލްވެދާނެކަމަށް ޤަބޫލުކުރުމަކީ ވަރަށް ދެރަ ކަމެއްކަމަށްވެސް ވަނީ ގޮވާލާފައެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިޔަ ސައިކަލު ބުރުގެ ތެރެއިން، ފޮޓޯ: ޕީޕީއެމް
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މުއިއްޒު ވަނީ ތަފާތު ބޮޑު އަޤުލަބިއްޔަތަކުން ކުރި ހޯއްދަވާފައެވެ.