Thursday, 12 November 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ޑރ. މުއިއްޒަށް އައްޑޫން ހޫނު މަރުހަބާއެއް!

ޑރ. މުއިއްޒަށް އައްޑޫން ހޫނު މަރުހަބާއެއް!
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އައްޑޫސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެެެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށްޓަކައި އައްޑޫއަށް ވަޑައިގަތުމުން ރަސްގެތީމްގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ރަށުގެ ބަނދަރު ސަރަހައްދަށް އެއްވެ, މަރުޚަބާ ކިޔާފައެވެ. އެ ރަށުން މުއިއްޒަށް ޚޫނު މަރުޚަބާއެއް އެ ރަށުގެ ރައްޔިތުން ކިޔާފައިވަނީ މާފަތިތަކުންނާ މާ ބޮނޑިތަކުންނެވެ. މުއިއްޒު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ރަށްރަށަށް ދަތުރު ކުރައްވަމުން ގެންދަވާއިރު އިއްޔެ ވަނީ ތިނަދޫ އާއި ފުވައްމުލަކަށް ވެސް ވަޑައިގެންފައެވެ. އައްޑޫގެ މަރަދޫފޭދޫ، މަރަދޫ، ހިތަދޫ އަދި ހުޅުދު އާއި މީދުއަށް ވަޑައިގަތުމަށް ފަހު ޑރ. މުޢިއްޒު މާލެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ. ޑރ. މުޢިއްޒުގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފައެެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.