އައްޑޫ ސިޓީ ހިތަދޫން އިތުރު މީހަކު ކޮވިޑަށް ފައްސިވެއްޖެ

އައްޑޫ ސިޓީ ހިތަދޫ އިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
"އައްޑޫ ލައިވް" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހިތަދޫން ފައްސިވެފައި ވަނީ ހޯމް ކަރަންޓީނުގައި ހުރި 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާ ކޮވިޑަށް ފައްސިވިކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ކުރި ޓެސްޓުން ނެވެ. އެކަން އެނގުނީ މިރޭގެ ވަގުތެއްގައެވެ.
މިއީ އައްޑޫ ސިޓީ އިން މި ބައްޔަށް ފައްސިވި ފަސްވަނަ މީހާއެވެ.