ޚަބަރު ސިޔާސީ

ޢާއިލާއާއި ދާއިރާއަށް ވަގުތުނުދީވެސް މަސައްކަތްކުރީ ރައީސް ޔާމީންގެ ހައްޤުގައި، އެ ހިތްވަރު އަދިވެސް ހުންނާނެ: އާދަމް ޝަރީފް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އަމިއްލަފުޅު ޢާއިލާއާއި ތަމްސީލްކުރައްވާ ދާއިރާއަށް ވަގުތު ނުދެއްވައިވެސް، ކުރެއްވެންހުރި ހުރިހާކަމެއް ކުރެއްވީ ރައީސް ޔާމީނުއާއި އަދި ޤައުމުގެ ޙައްޤުގައި ކަމަށާއި އެ ހިތްވަރު އަދިވެސް ހުންނާނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އަދި މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީން މިނިވަންވެ ވަޑައިގަންނަވަންދެން މަގުމަތީގައި ހިންގާ ހަރަކާތްތައް ވަރުގަދަކުރުމަށް އެމަނިކުފާނު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނު މިނިވަންކޮށްދެއްވުމަށް ކުރާ މަސައްކަތުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި މަގުމަތީގެ ހަރަކާތްތައް ހިންގައިގެން ފުލުހުން ދެން ހައްޔަރުކުރަން ނާންނާނެކަމަށާއި އަނިޔާވެރިވާން ނާންނާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅުވައިގެން އާދަމް ޝަރީފު ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮންނެވި އިރު ޕީޕީއެމް/ޕީއެންސީން މުޒާހަރާ ރޭއްވެވުމުގަޔާއި އަދި މުޒާހަރާތަކުގައި އަމަލީގޮތުން އެބޭފުޅާ ބައިވެރިވެވަޑައިގެންނެވި ކަމަށާއި، އޭގެ ތެރޭގައި 2 ފަހަރެއްގެ މަތިން އެބޭފުޅާ ފުލުހުންގެ ހައްޔަރަށްވެސް ގެންގޮސްފައިވާކަމަށެވެ.

އެހެންނަމަވެސް އަމިއްލަ ޢާއިލާއާއި މަޖިލީހުގައި ތަމްސީލުކުރައްވާ ދާއިރާއަށްވެސް ވަގުތު ނުދެއްވައި، ކުރެއްވި ހުރިހާ މަސައްކަތެއް ކުރެއްވީ ރައީސް ޔާމީން އާއި ޕީޕީއެމް/ޕީއެންސީ އަދި ދިވެހިރާއްޖޭގެ ހައްޤުގައި ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ހަމަ އެ ހިތްވަރު ހުންނާނެކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

  1. ބަލާތި

    ސިޔާސީ ކަންކަމަކީ ސިޔާސީ ލީޑަރު ހައްޔަރުކޮށްފިނަމަ މަގުމަތީގައި ތިބެން ޖެހޭނެ ކަމެއް ސިޔާސީ ޕާރޓީގެ މެމްބަރުން އެކަން ކަން މަނާ ކުރުން އެއީ މިނިޒާމް ދަންނަ ކަމެއް ނޫނޭ ސިޔާސީ ޕާރޓީ ތައް މަޝްހޫރުވެފައި އަދި ހޮރައިޒަން އިން ނުގެއްލި ހުންނާނީ ވެސް އަބަދު މަގުމަތީ ހަރަކާތް ތަކާއި ޖަލްސާ ތަކާއި ރެލީ ތައް ބާއްވާ ކޮންމެ ގެއެއްގެ ލިވިންގް ރޫމްގެ ލިވިންގް ރޫމް ސްޓޯރީ އަކީ އެވާހަކަ ތައް ކަމުގައި ހަދައިގެންނޭ އެއިރުން އިންތިޚާބުތަކުގައި ނަތީޖާ ރަނގަޅުވާނެއޭ މަގުމަތީ ހަރަކާތް ތައް ވަރުގަދަ ކޮށްފައި ހަމަ އެއާއި އެއްވަރަށް ސަރުކާރުގެ ކަންކަން ވެސް ކުރިއަށް ގެންގޮސް ޕީޕީއެމް ހަރުގެ ވަރުގަދަ ކޮށް ހަފްތާ އަކު 3 ރޭ ޖަލްސާ ތައް ބާއްވާ އެކަން ކުރަންވީ މެދުނުކެނޑި 5 އަހަރު ވަންދެން ޖޭޕީ އާއި އެކު ކޯލިޝަން ހަދައިގެން ޖޭޕީގެ ޖަގަހަ އަތުލަންވީ 5 އަހަރު ދުވަހަށް އެއިރުން މިކަން ކަން ރަނގަޅަށް ކުރެވޭނީ…

  2. ޔަގިނޭ

    އަދުރޭ އާއި ރައީސް ޔާމީނާއި މާބޮޑު ގުޅުމެއް ނޯންނަހެން ހީވޭ އަދި ރައީސް ޔާމީން މިނިވަން ކުރުން އެއީ އަދުރޭ އަށް މާމުހިއްމު ކަމެއްކަމަށް ނުފެނޭ މުއިއްޒުވެސް އުޅެނީ ރައީސްޔާމީން ހަނދާންނައްތާލާ އަދި ޕީޕީއެމް ސަޕޯރޓަރުންޖަހައިގަންނާން ކަމަށްބެލެވެނީ އެހެންވެ މުއިއްޒު އޭނާގެ އާއިލާމީހުންގެ ވާހަކަތައް ގެނެސްދީގެން ދޮންމަންމަ ވާހަކަދައްކައިގެން ތާއީދުހޯދަން އުޅޭ ކަމަށްފެންނަނީ ހަނދާން ނެތުނީ ރައީސް ޔާމީން އެންޑޯރޒް ކުރި ކެންޑިޑޭޓް މިހެން ބުނަން ވެސްދޯ މުއިއްޒު ހަނދާން ނެތިއްޖެ އޭނާ އަށް ވޯޓް ދިން މީހުން އޭނާ އަށް ވޯޓް ދިނީ އެއީ ރައީސް ޔާމީން މިނިވަން ކުރަން ދިން ވޯޓެއް ކަން ވެސް މިވެރިކަމަށް އަހަރު ދުވަސް ވާއިރު މުއިއްޒު ޕީޕީއެމް ވެސް ފަޅާލާނެ ކަން އެއީކަށަވަރު ކަމެކޭ..

  3. ޢެންމެ މީހެއް އެއީ ގައުމު ހަދައިގެން ދާއިރާގެ ވޯޓުން ހޮވީމާ މުސާރަ ކައިގެން ދާއިރާއަށް ހިދުމަތްނުކުރާ މީހަކު ހޮވުމެއްނެތް ދެން..