މަހަށް ގޮސް އުޅެނިކޮށް ކުއްލި ގޮތަކަށް ނިޔާވި މީހާ ކޮވިޑަށް ފައްސި ވެއްޖެ
މަހަށް ގޮސް އުޅެނިކޮށް ކުއްލި ގޮތަކަށް އިއްޔެ ނިޔާވި މީހާ ކޮވިޑަށް ފައްސި ވެއްޖެއެވެ.
އެ ހާދިސާގައި ނިޔާވެފައިވަނީ ފ.ބިލެތްދޫ "ރާސްތާ" ދޯނީގެ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާއަށް ނޭވާލާން އުނދަގޫވެ، ހާލަތު ގޯސްވެގެން އިތުރު ފަރުވާ އަށް ކ. ގުރައިދޫ އަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައެވެ.
ގުރައިދޫ ކައުންސިލުން މިއަދު ބުނީ އެމީހާ ކޮވިޑަށް ފައްސި ވެފައިވާ ކަމަށާއި އަދި އެޗްޕީއޭ އިން މިއަދު އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ ގުރައިދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.
Ads by Allied Insurance