ޚަބަރު ސަރުކާރު

ތިމާވެށީގެ ގޮތުން ފާހަގަކުރެވޭ 12 ސަރަހައްދެއް ހިމާޔަތްކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ 12 ސަރަޙައްދެއް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ނިންމަވައިފިއެވެ.

Ads by Hajj Corporation

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ދެއްވެވި ލަފާފުޅާ ގުޅިގެންނެވެ.

ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކުގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމެވި 12 ސަރަޙައްދަކީ ވ.ކަވަރުފަޅު ސަރަޙައްދާއި، ވ.ފޮއްތެޔޮ ސަރަޙައްދާއި، ވ.ހިނގާކުޅީ ފިނޮޅު ސަރަޙައްދާއި، ވ.ތުޑުހުރާއާއި، ވ.ރުއްހުރި ހުރާއާއި، ވ.ރަކީދޫ ކޯނަރ އާއި، ވ.ފުށިފަރު ފަރުގެ ސަރަޙައްދާއި، ވ.ހުރާ ފަޅެވެ.

މީގެ އިތުރުން ބ.ހުރާފަރު ސަރަޙައްދާއި، ބ.ދަރަވަންދޫ ތިލަ ސަރަޙައްދާއި، ބ.ނެލިވަރު ސަރަޙައްދާއި، ބ.އިންނަފުށި ސަރަޙައްދު ވަނީ މި ލިސްޓުގައި ހިމަނާ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައެވެ.

މިއީ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަސްލުން މުއްސަނދިވެފައިވާ ޤުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ޚާއްޞަ ޚިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަޙައްދުތަކެކެވެ. މި ސަރަޙައްދުތައް ޙިމާޔަތް ކުރުމާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާ މަޝްވަރާ ކުރެވިފައި ވެއެވެ.

މި ތަންތަން ޙިމާޔަތް ކުރުމަށް ނިންމަވާފައިވަނީ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019-2023 ގެ ދަށުން ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ %10 ސަރަހައްދާއި، ކުޅި، ފާ، ޗަސްބިމުގެ %20 ޙިމާޔަތް ކުރުމާއި، ޤާނޫނު ނަންބަރު 93/4 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފިނޮޅާއި، 1 ފަރާއި، 1 ކަނޑޫފާ ޗަސްބިން ޙިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިންނެވެ.

Ads by Ooredoo
  1. ދެންވަރަށް ކަންތައް ކޮއްދޭކަމަށްހެދިގެންއުޅޭނެ ޖެއްސުމަށްވެސް ކޮއްކަމެއްތީދެން ދެންތިބި މީދާކޭއުބުޖަހާފަ ތިބިމީހުންކަމަށްތަހީކުރަނީ