ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ސަރުކާރުން ޢަމަލުކުރަންޖެހޭ: ޝިޔާމް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރައްޔިތުން ވަނީ ގޮތް ނިންމާފައިކަމަށާއި، ރައްޔިތުންގެ ނިންމުމާއި އެއްގިތަށް ސަރުކާރު ޢަމަލުކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާޙުކުރުމަށް ހުށަހަޅާފައިވާ އިސްލާޙުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިހާރު ފެނިގެންދަނީ ވެރިކަމުގައި ކަންތައް ކުރި ގޮތަށް އިންތިޤާލީ މަރުހަލާގައިވެސް ކަންތައް ކުރަމުން އަންނަ ތަންކަމަށެވެ.

އަދި އިންތިޚާބީ ރައީސް އެދިވަޑައިގެންފައިވާ ކަންކަމަށް އިޙްތިރާމުނުކޮށް، ޑިމޮކްރަސީއާއި ބީރައްޓިހިކޮށް ކަންކަން ކުރަމުންދާކަމީ މިއަދުވެސް ފެންނަ މަންޒަރުކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ މިހާރުވެސް ސަރުކާރުގެ ގިނަ ކުންފުނިތައް އޮތީ ދަރަނިވެރިވެފައި ކަމަށާއި، ނަމަވެސް އަދިވެސް އެ ކުންފުނިތަކުގެ ނަމުގައި ލޯނު ނެގުމާއި އާ މަޝްރޫޢުތައް ފެށުން ކުރިއަށްގެންދާކަމަށެވެ. އަދި މިއީ ޑިމޮކްރަސީގެ އުޞޫލު ނޫންކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިފެންނަނީ މިމަރުހަލާގައިވެސް ކުރެވުނު ހުރިހާ ކަމެއް ސިޔާސީ ބޭނުމަށް ކުރާތަން. ދައުލަތް މިއޮތީ ދަރާފަ. ޤައުމު މިއޮތީ ދަރާފަ. އޮތް އިރުގަ އާމްދަނީ ނުލިބޭ ކުންފުނިތަކާއި ދަރަނިވެރި ވެފައިވާ ކުންފުނިތަކުން ލިބޭ އެއްޗަކައި ނުބައްދަލު ވަޒީފާތަކާއި އަދި އެ ކުންފުނިތަކުގެ ނަމުގަ ނަގާ ލޯނުތަކާއި ބަދަލުތަކާއި އަދި ނުކުރެވޭ ކަންތައްތައް އެވޯޑު ކުރުމާއި އަދިވެސް ހަމަ ރައްޓިހި ރަހުމަތްތެރި ކުންފުނިތަކަށް އެވޯޑު ކުރަމުން ދަނީ. މިކަންކަން މިހެން އެބަ ހިނގާ މިއީ ތަހުޒީބު އެއްވެސް ޑިމޮކްރަސީއެއްގައި ކަން ހިނގާނެ ގޮތެއް ނޫން"

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ނޮވެންބަރު 17 ގައި އިންތިޚާބީ ރައީސް ހުވާ ކުރެއްވުމަށްފަހުވެސް ކެބިނެޓަށް ރުހުންދިނުމަށާއި، ސަފީރުންނަށް ރުހުން ދިނުމަށާއި، ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގައި މަޖިލީހުން އެއްބާރުލުން ދޭންޖެހޭނެކަމަށެވެ. އަދި މި އިސްލާޙުތައް ގެނައުމުގައި މަޖިލީހުގެ އެއްބާރުލުން ލިބުމަކީ ރައްޔިތުންގެ ނިންމުމުގައި ހިމެނިފައިވާކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ ސްމޫތު ޓްރާންސިޝަނަކަށް ދާން އެބަޖެހޭ. ރައްޔިތުން އެއޮތީ ގޮތެއް ނިންމާފަ ކުރިއަށް އޮތް ފަސް އަހަރަށް. ރައްޔިތުން އެއޮތީ މުސްތަޤުބަލު ނިންމާފަ. އެގޮތަށް މިހާރު އޮތް ސަރުކާރުވެސް ޢަމަލު ކުރަންޖެހޭ. އަޅުގަނޑު އުންމީދު ކުރަނީ މިކަންކަން ވަރަށް ސްމޫތުކޮށް ދާނެކަމަށް. 17 ނޮވެމްބަރުގައި ހުވާކުރުމާއި އެކީގައި ސަރުކާރަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މިތަނުން ދޭންޖެހޭ އެއްބާރުލުން ދިނުމަކީ އެއީ އަޅުގަނޑުމެން ވަރަށް އެދޭ ކަމެއް"

ވެރިކަން ބަދަލުވާ މަރުހަލާގައި ބައެއް ކަންތައްތައް ނުކުރުމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ ސަރުކާރަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެއާ ޚިލާފަށް މިހާރުވެސް ބައެއް ކަންކަން ކުރައްވާތީ އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

Ads by HDC
  1. ދުއާކުރާށޭ

    އިޒްރޭލުން ފަލަސްތީނުގެ އާންމު ރައްޔިތުން މަރަމުން ދާއިރު މިރާއްޖޭގެ ގައުމީ ޓީމް ފުޓްބޯޅަ މެޗް ތައް ކުޅެގެން ނުވާނެއޭ ހުރިހާ ކުޅިވަރު ތައް ޖެހޭނީ ހުއްޓާލަން ކުޅިވަރާއި ބެހޭ މިނިސްޓްރީ ވެސް ޖެހޭނީ ވަގުތީ ގޮތުން އުވާލަން މުސްލިމުން ޔަހޫދީން މަރަމުންދާއިރު ޔަޙޫދީން އުފެއްދި ކުޅިވަރެއް މަމެންގެ ގައުމީ ޓީމް ކުޅެގެން ނުވާނެއޭ ސުޒޭން ތިޔާކަން ހުއްޓާލާ ނަމާދަށް ގޮސް ދުއާކުރާށޭ ފަލަސްތީނު މިނިވަންވޭތޯ ބަލަން ގައުމީ ޓީމް ގޮވައިގެން ނަމާދުކޮށް ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ ދުއާކުރާށޭ

  2. ޢަހުމަދު

    ރައްޔިތުން ނިންމީ 17 ނޮވެންބަރ ފަހުން މުއިއްޒު ވެރިކަން ކުރަން

    • ގަދަކުޑޭ

      ދެން 17 އަންނަން ވާއިރަށް ގައުމުވިއްކަނވީ ބުރާންތި