އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައީސް ނަޝީދަށް ނޯޓިސް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރާ ގުޅިގެން އެމަނިކުފާނަށް މިއަދު ނޯޓިސް ފޮނުވައިފިއެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެ ގަރާރާ ގުޅިގެން ނަޝީދަށާއި މެންބަރުންނަށް މިއަދު ހެނދުނު ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމާ 49 މެމްބަރުންގެ ސޮޔާއި އެކު އެމައްސަލަ މަޖިލީހަށް ވެއްދީ މިމަހުގެ 9 ވަނަ ދުވަހުއެވެ.
މަޖިލީހަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ރައްޔިތުންނަށް ބޭނުންތެރި އެތައް ބިލުތަކެއްގެ މަސައްކަތާއި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވެ ޖަވާބުދާރީ ކުރުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި ނިންމުމަށް ތަރުތީބު ކޮށްފައި ވަނިކޮށް މަޖިލީހުގެ ރައީސް މައްސަލަތައް އެޖެންޑާ ކުރައްވަނީ އަމިއްލަ މަސްލަހަތު އިސް ކުރައްވައި ވަކި ފަރާތަކަށް ބުރަވެ ހުރެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅި މީ ދެވަނަ ފަހަރެވެ.
މިއި ގިޔާމތުގެ އަލާމާތެއްގެ ގޮތުން ބޮޑު ދައްޖާލު ފާޅުވުމުގެ ކުރިން ދިވެހި ގައުމުން ފާޅުވެފާހުރި ދައޖާލެއް. އވަހަށް ބޭރުކުރޭ.