ޚަބަރު އިޖުތިމާޢީ

ސެޕްޓެންބަރު މަހު އެކަނިވެސް ބޭރަށްހިންގުމާއި ހޮޑުލުމުގެ ރޯގާގެ 39،000 ކޭސް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

މި އަހަރުގެ ސެޕްޓެންބަރު މަހު އެކަނިވެސް ބޭރަން ހިންގުމާއި ހޮޑުލުމުގެ ރޯގާ ޖެހިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 39،000 އަށް ވުރެ ގިނަ ކޭސް ރިކޯޑުކުރެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

އެގޮތުން ވޭތުވެދިޔަ ތިން އަހަރުގެ ބޭރަން ހިންގުމާއި ހޮޑުލުމުގެ ރޯގާގެ ކޭސްތަކަށް ބަލާއިރު މި އަހަރުގެ އަދަދު ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.

އެޗްޕީއޭއިން ނެރެފައިވާ އަރިދަފުސް ރޯގާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާގެ އިތުރުން އަރިދަފުސް ރޯގާއާއި، ވައިރަލް ހުން މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެޗްޕީއޭ އިން ވަނީ ރާއްޖޭގެ ގިނަ އަތޮޅުތަކުގައިވެސް މި ބަލިތައް އިތުރުވެފައިވާކަމަށް ބުނެފައެވެ.

އާއްމު ގޮތެއްގައި ރާއްޖޭގައި ޖުލައި މަހުން ފެށިގެން އޮގަސްޓު ނުވަތަ ސެޕްޓެންބަރުގެ ނިޔަލަށްވެސް ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާގެ ބަލިތައް އިތުރުވެއެވެ. ނަމަވެސް ވޭތުވެދިޔަ ތިން އަހަރާއި އަޅާބަލާއިރު އެންމެ ގިނައިން އަރިދަފުސް ރޯގާގެ ކޭސްތަށް ރިޕޯޓު ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގައެވެ. އެއީ 39،481 ކޭސްއެވެ.

އަދި އޮގަސްޓު މަހު 10،451 ކޭސް ރިޕޯޓު ކޮށްފައިވާއިރު، މި މަހުގެ މިހާތަނަށް 7،160 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

މި އަހަރު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާކަމަށް ފާހަގަކުރެވިފައިވަނީ މާލެ އަތޮޅުންނެވެ. އެއީ އާބާދީގެ ކޮންމެ 10،000 މީހެއްގެ ތެރެއިން 318 މީހުންނެވެ. މީގެ އިތުރުންވެސް ހއ. އަތޮޅާއި ހދ. އަތޮޅުގައިވެސް މި ރޯގާގެ ކޭސްތައް އިތުރުވެފައިވާކަމަށް ފާހަގަކުރެވިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!