ޚަބަރު ސިޔާސީ

ޑރ. މުޢިއްޒު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއަށް ރައީސް މައުމޫނުގެ ތަޢުރީފު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ބައިނަލްއަޤްވާމީ މީޑިއާއެއްކަމަށްވާ އަލްޖަޒީރާއަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވި އިންޓަވިއުއަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ތައުރީފު ކުރައްވައިފިއެވެ.

Ads by Sosun Fihaara

އަލްޖަޒީރާއިން އިއްޔެ ދުރަށް ދެއްކި މި އިންޓަވިއުއަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އިންތިޚާބީ ރައީސް، ބައިނަލްއަޤްވާމީ މީޑިއާއަކަށް ފުރަތަމަ ދެއްވި އިންޓަވިއުއެވެ. މި އިންޓަވިއު ކުރައްވާފައިވަނީ އަލްޖަޒީރާގެ ޕްރެސެންޓަރު ސާމި ޒެއިދަންއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހާއި، އާ ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ސާމީ ކުރައްވަމުން ގެންދެވި ސުވާލުތަކަށް ޑރ. މުއިއްޒު ވަނީ ވަރަށް އިތުބާރާއި ފުރިހަމަކަމާއެކު ޖަވާބު ދެއްވާފައެވެ.

މި އިންޓަވިއުއަށްފަހު ކުރީގެ ރައީސް މައުމޫން ވަނީ އިންތިޚާބީ ރައީސްގެ އިންޓަވިއު ބެއްލެވުމަށްފަހު އެމަނިކުފާނަށް ތައުރީފުކުރައްވައި އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ސަރުކާރަށް މަރުޙަބާ ވިދާޅުވެ، ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

ޑރ. މުޢިއްޒު ވަނީ ރައީސް މައުމޫންގެ ވާހަކަފުޅަށް ޝުކުރު އަދާކުރައްވާފައެވެ.

މިއީ ފަހުގެ ތާރީޚެއްގައި ރައީސްކަމަށް ހޮވިވަޑައިގެންނެވި ބޭފުޅަކު ބައިނަލްއަޤްވާމީ މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުއެވެ.

މި އިންޓަވިއުގައި ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ވަކި ޤައުމެއް ރުއްސުމަށްޓަކައި އެ ޤައުމަކާއި އެއްކޮޅަށް މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އަދި ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވައި، ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ހުރިހާ މުއައްސަސާތައް ޖަވާބުދާރީ ކުރުވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.

Ads by HDC
  1. ދިވެހިރާއްޖޭގައި ބޭރުގައުމެއްގެ ސިފައިން ތިބެންޖެހޭ ހާލަތެއް ލުލޫރަތެއް ނެތް، ދިވެހިރާއްޖޭގެ ބަޖޭޓަކީވެސް ކުޑަބަޖެޓެއް ބޭރުގެ ސިފައިން ބައިތިއްބައިގެން އެމީހުނަށް ހަރަދު ކުރުމަށްވުރެން ދިވެހިން ކާންބޯން ހަރަދު ކުރުން މާރަގަޅުވާނެ، ދިވެހިވެސް މިއުޅެނީ ލިބޭ އާމްދަނީން ދެކޮޅުނުޖެހިގެން އަގާއިތަޔާއި ދިމާނުވެގެން، އެއްގޮތަކަށްވެސް މިތާގައި ބޭރުގެ ސިފައި ތިބޭކަށް ނުޖެހޭ، ދިވެހިން އެދޭގޮތެއްވެސް ނޫން، ދިވެހިންގެ ގޭ ބަލަހައްޓާނީ ހަމަ ދިވެހިން !

  2. ދިވެހިދައުލަތުގެ ސިޔާސަތަކީ ސުލްހަ، ދިވެހިންނަކީ ސުލްހައަށް ނަމޫނާ ދައްކާ ބަޔެއް، މިތާގައި ހަގުރާމައެއް ނުހިގާ ބޭރުގެ ޗޯކީ ދާރު ސިފައިން ތިބޭކަށް ނުޖެހޭ، އަޅުގަޑުމެންގެ އާމްދަނީވެސް ލިބެނީ ކުޑަ އާމްދަނީއެއް ބޮޑު ލަޝްކަރެއް ބަލަހައްޓަން ފައިސާއެއްނެތް، އަޅުގަޑުމެންގެ ގޭ ބަލަހައްޓަން ކޮންމެހެން ބޭރުގެ ޗޯކީދާރުން ނެތަސް ގޭ ބެލެހެއްޓިދާނެ !