ފަލަސްޠީނުގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ތަޙައްމަލު ކުރަމުންދާ ދަތި ހާލާއި، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި، އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް މިހާރުން މިހާރަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ނުލިބި ލަސްވަމުންދާތީ، ދުނިޔޭގެ ޤައުމުތަކުން މިކަމަށް އަވަސް މަސައްކަތްތަކެއްކުރުމަށް ފަލަސްޠިނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހިރާއްޖެއިން އދ ގައި ވަކާލާތުކުރައްވައިފިއެވެ.
ރާއްޖެއިން މިހެން ގޮވާލާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އދ ގެ ޢާއްމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައެވެ.
މި މަޖިލީހުގެ އިޤްތިޞާދީ އަދި މާލީ ކަންކަމާ ބެހޭ ކޮމިޓީ (ސެކަންޑް ކޮމިޓީ)ގައި އިރުމަތީ ޤުދުސް ހިމެނޭހެން، ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައިވާ ޤުދުރަތީ ވަޞީލަތްތަކަށް ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތީ ވެރިކަން އޮތުމާއި ހިފާފައިވާ ސީރިއާގެ ގޯލާންގެ ބިންތަކުގައިވާ ޤުދުރަތީ ވަޞީލަތްތަކަށް އެ ބިންތަކުގައި އުޅޭ ޢަރަބި އާބާދީތަކަށް ދާއިމީ ސިޔާދަތީ ވެރިކަން އޮތުމާ ގުޅޭ ގޮތުން ތާވަލުކޮށްފައިވާ މައްސަލައިގެ ޢާއްމު ބަހުސްގައި ރާއްޖެއިން ވަނީ ބަޔާނެއް ނެރުއްވައިފައެވެ.
މި ބަޔާނުގައި ރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންގެންދާ ޙަމަލާތަކާއި ޚާއްސަކޮށް ޣައްޒާގައި މިހާރު ހިންގަމުންގެންދާ ލާއިންސާނީ ޙަމާލާތަކާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އަދި ޢާއްމު ރައްޔިތުންނާއި ޢާއްމު ބޭނުންތަކަށް ބޭނުންކުރެވޭ ޢުމްރާނީ ވަޞީލަތްތަކަށް ޙަމަލާ ދިނުން ހުއްޓާލުމަށް ގޮވާލައިފައިވެއެވެ.
މީގެ އިތުރުން 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ ރައްޔިތުން އެތަން ހުސްކުރުމަށް އިޒްރޭލުން އެންގި އެންގުމަކީ ބައިނަލްއަޤުވާމީ އަދި އިންސާނީ ޙައްޤުތަކާ ބެހޭ އެންމެހައި ޤާނޫނުތަކާ ޚިލާފު ކަމެއްކަން ފާހަގަކޮށް އެ އަމުރު އަނބުރާ ގެނައުމަށްވެސް ރާއްޖެއިން ވަނީ ގޮވާލައިފައެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރޭލުން މިހާރު ދެމުން ގެންދާ ޙަމަލާތަކަކީ ޢާންމު ރައްޔިތުންނާއި ހަނގުރާމަވެރިން ތަފާތުކުރުމެއްނެތި "ކަލެކްޓިވް ޕަނިޝްމަންޓް" ކަމަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ސިއްޙީ ފަރުވާ މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް އިންސާނިއްޔަތު ކަމުގެ ކޮރިޑޯތަކެއް ހުޅުވުމުގެ މުހިއްމުކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.
ދިވެހިރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އެއްވެސް ޝަރުތެއްނެތި ތާއިދުކުރަމުންދާނެކަން ތަކުރާރުކޮށް ގޮވާލައްވާފައެވެ.
އިޒުރޭލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް މިހިދުން މިހިނދައް ހުއްޓާލާޝަރުތަކައިނުލާ ފަލަސްޠީނުގެ ބިމުން ފައިބާ އެޤައުމު މިނިވަންކުރުމައް ގޮވާލަން