ޣައްޒާއަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް މަގެއް ހޯދައި ދިިނުމަށް ރާއްޖެއިން ގޮވާލައިފި
ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތު ކަމުގެ މަގެއް ހޯދައިދިނުމަށް ބާރުއެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ރާއްޖެއިން ގޮވާލައްވައިފިއެވެ.
ރާއްޖެއިން މިކަމަށް ގޮވަލާފައި ވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ކުއްލި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިންގ އެފެއާޒް ޚަލީލް ދެއްވި ތަޤުރީރުގައެވެ.
ޚަލީލްގެ ތަޤުރީރުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.
ހަމަ އެހެންމެ ހަލީލް ވަނީ އިންސާނީ އެހީގެ ޤާފިލާތައް އެތެރެ ނުވެވޭނެހެން އިސްރާއީލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ދެކޮޅަށް މަސައްކަތް ކުރައްވާ، ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި އެނޫންވެސް އަސާސީ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތު ކަމުގެ ކޮރިޑޯއެއް ހުޅުވުމަށް ބާރުއެޅުއްވުމަށް ބައިނަލްއަޤުވާމީ ދުނިޔެއަށް ގޮވާލައްވާފައެވެ.
ހަލީލް ވިދާޅުވީ ކުޑަކުދިން ހިމެނޭހެން މަޢުސޫމު ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކާއި ހޮސްޕިޓަލްތަކާއި ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ދެމުންދާ ހަމަލާތައް ބަލައިނުގަނެވޭނެ ކަމަށެވެ.
މިގޮތުން އިސްރާއީލުގެ ޙަމަލާތަކަކީ ބައިނަލްއަޤުވާމީ އަދި އިންސާނީ ޙައްޤުތަކާބެހޭ އެންމެހައި ޤާނޫނުތަކާ ޚިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށްވެސް ހަލީލް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފަލަސްޠީނު ރައްޔިތުން ތަހައްމަލުކުރަމުންދާ ކަންތައްތަކާމެދު ދިވެހި ހުރިހާ ރައްޔިތުން ހިތާމަކުރާ ކަމަށާއި ރާއްޖެއާ ފަލަސްޠީނާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުވާލައްވާ ބައިނަލްއަޤުވާމީ ގޮތުން ހުރި ޤާނޫނީ އިމުގެ ތެރެއިން ފަލަސްޠީނަށް އެއްބާރުލުން ދިނުމުގައި ރާއްޖެއިން އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ހަލީލް ވަނީ ދެއްވާފައެވެ.
ދިވެހިންނަށް މީހާރުން މިހާރަށް ފަލަސްތީނަށް ޓަކައި ކުރެވިދާނެ ކަންކަން :
1/ ޔަހޫދީ އިސްރާއީލް ކުންފުނިތަކުން އުފައްދާ ބަނގުރަލާއި އޫރުމަހުގެ ބާވައްތަށް ދިވެހިރާއްޖެޔަށް އެތެރެކޮށް ވިއްކުން ވަގުތުން ހުއްޓާލުން.
2/ އިސްރާއީލަށް އެހީވާ ޤައުމުތަކުން އުފައްދާ ބަނގުރާ އޫރުމަސް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކުން ވަގުތުން ހުއްޓަލުން.
3/ އިސްރާއީލަށް އެހީތެރިވާ ޤައުމުތަކުގެ ސަފީރުން ވަގުތުން ވަގުތަށް ފޮނުވާލުން .
4/ ފަސްނަމާދުގައި ޤުނޫތު ކިޔަން ހަމަޖެއްސުން .
ފަލަސްތީނަށްޓަކައި މުސްލިމް ޤައުމުތަކަށް މިހާރުން މިހާރަށް ކުރެވިދާނެ ކަންކަން
1/، މުސްލިމް ޤައުމުތަކުގެ އެއާރޕޯޓް ތަކުގެ ޑިއުޓީފުރީން ބަނގުރާ ވިއްކުން ވަގުތުން ހުއްޓާލުން،
2/ ފަސްނަމާދުގައި ޤުނޫތު ނާޒިލާ ކިޔުން.