ޚަބަރު

މަރުވެފައި އޮއްވާ ކަނޑު މަތިން ފެނުނު މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ދޫނިދޫ އާއި ފުނަދުއާ ދޭތެރޭ ކަނޑުތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުން ދެންމެ ބުނީ މަރުވެފައި އޮއްވާ މިއަދު ކަނޑުމަތިން ފެނިފައި ވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

Ads by MWSC

ފުލުހުން ބުނީ އޭނާއަކީ ރޭ އިރާކޮޅުގެ ވަގުތެއްގައި ރަސްފަންނާ ދިމާއިން މޫދަށް ފުންމައިލި މީހެއްކަން ކަށަވަރުވެފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރޭ 19:54 ހާއިރު މާލޭ ރަސްފަންނު ކައިރިން މީހަކު މޫދަށް ފުންމާލި ޚަބަރު ލިބިގެން ފުލުހުންނާއި ސިފައިން އޭނާ ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވާ އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ މިއަދު ހެނދުނު ދޫނިދޫ ކައިރި ކަނޑުމަތިންނެވެ.

މިގޮތުން ރޭ މި ޙާދިސާ ރިޕޯޓްކުރުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އިން އެމީހާ ހޯދަމުން ދަނިކޮށް، ދޫނިދޫ ކައިރިން އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ މިއަދު ހެނދުނު 09:19ހާއިރުއެވެ.

މީގެ އިތުރުން އެމީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން މާލެ ގެނެސް، މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.

މި ހާދިސާ ހިނގަން މެދުވެރި ސަބަބާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާއިރު ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Ads by Allied Insurance
  1. މާވަޑި

    އެމީހާއެއީ ކޮންރަށަކު ކާކުކަންވެސް ބުނެދެން ނޭގުނު؟

    • ޚަބަރުފީތާ

      އެކަހަަލަ ޒާތީ މައުލޫމާތު ހާމައެއް ނުކުރާނެ ޚަބަރުތަކުގައެއް.