ސަޕްލިމަންޓްރީ ބަޖެޓު ތަފްސީލްތަކާއެކު އަލުން ހުށަހަޅަން މަޖިލީހުން ފިނޭންސަށް އަންގައިފި
6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު ތަފްސީލްތަކާއެކު އަލުން ހުށަހަޅަން މަޖިލީހުން ފިނޭންސަށް އަންގައިފިއެވެ.
"ދެން"އަށް މަޢުލުމާތު ދެއްވަމުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅާފައިވަނީ މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ތަފުސީލުތައް ނުހިމަނައި ކަމަށެވެ. އަދި މާލިއްޔަރު ގާނޫނުގަ ބުނާ ތަފްސީލްތައް ހުށަހެޅުމަށް ކުރިން ވެސް ފިނޭންސަށް އަންގާފައިވާނެ ކަމަށާއި ނަމަވެސް އެ ތަފްސީލްތައް ހުށަަހަޅާފައިނުވާ ކަމަށް ޒިޔާއު ވިދާޅުވިއެވެ.
"ވީއެންމެ އަވަހަށް ހުށަހަޅަން އަންގާފައި ވާނީ, ފުރަތަމަ ފަހަރު ސިޓީއަކުން އަނގާފައިވާނެ, ބައެއް ތަފްސީލްތައް ހުށަހަޅާފައިވޭ, އެކަމަކު ހުރިހާ ތަފްސީލެއް ނެތް" ޒިޔާއު ވިދާޅުވިއެވެ.
މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާގޮތުގައި، ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށައަޅާނަމަ ޤާނޫނުގައި ބަޔާންކުރާގޮތަށް ބަޖެޓު ތައްޔާރުކުރުމަށްފަހު އެ ފައިސާއެއް ނުވަތަ އެބަޖެޓެއް ބޭނުންވާ ދުވަހެއްގެ އެއް މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނެއެވެ.
އަދި އެ ހުށައަޅާ ބަޖެޓުގައި ދައުލަތުން ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އެއްޗެއްގެ ހިސާބާއި، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުންހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބު ހިމަނަންވާނެކަމަށް މާލިއްޔަތު ޤާނޫނުގައިވެއެވެ.
މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ހަރަދުތައް ހަމަޖެއްސުމަށް، އިތުރު 6.5 ބިލިއަން ރުފިޔާ ޚަރަދުކުރުމުގެ ހުއްދަ ހޯދުމަށް، ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ މިމަހުގެ 18ވަނަ ދުވަހުއެވެ.
އެގޮތަށް ބަޖެތް ފާސް ނުކުރެވޭނެ. ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ ނޫނު ގަ ވަނީ ބަޖެޓްގަ ވަކިކަމަކަށް ހަރަދުކުރަން ހިމެނިފައިވާ ފައިސާއެއް ހަރަދުކުރެވޭނީ އެކަމަށް އެކަނި ކަމަށް.ބަޖްގަ ކަނޑައެޅިފަިވާ ވަރަށް ވުރެ އިތުރަށް އެއްވެސް ފައިސާއެއް ހަރަދުކުރެވޭނީ މަޖިލީހުން ހުއްދަލިބިގެންކަމަށް. ސަޕްލިމެންޓްރީ ބަޖެޓަކި މަޖިލީހުންފާސކޮށްފައިވާ ބަޖެތްގެ އައިޓަމްތަކުންއަހަރުގެ ނިޔަލަށް ނުފުދޭނެކަމަށް ފެންނަ ހާލަތުގަ އަހަރުގެ ނިޔަލަށް ބާކީ ހުރިމަސްތަކަށް ބޭނުންވާނެ ކަމަށް ލަފާކުރާ އަންދާޒާ ހާއްސަ ބަޖެޓް. ވުމާއެކު މިހާރު ސަޕްލިމެންޓްރީ ބަޖެޓް ގަ ހިމެނޭނީ ބަޖެޓް ފޮނުވާ ތާރީހުންފެށިގެން 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ބޭނުންވާ ފައިސާ. މިފައިސާގެ ވެސް ތަފްސީލް ބޭނުންވާނެ. ކުރިން ފާސްކުރިބަޖެޓްގެ އިތުރަށް މަޖިލީހުގެ ހުއްދަ ނުހޯދާ ކޮށްފަހުރި އެއްވެސް ހަރަދަކަށް ފައިސާ ދުލެއްނުކުރެވޭނެ. އެއީ ގާނޫނުއަސާސީން މަޖިލީހަށް ދީފަ ނެތް ކަމެއް. ވީމާ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވާއިރު އައޓަމްތަކަށް ފައިސާ އިތުރުކުރުމަށް ހުށަހަޅާ އައިޓަމް ތަކުން މިހާރު ހަރަދުވެފަިވާ މިންވަރާއި އެ އައތަމަށް އިތުރުކުރަންބޭނުންވާ އަދަދުގެ ތަފްސީލް މަޖިލީހަށް ބޭނުންވާނެ.މަޖިޅހުން ކުރިން ހުއްދަ ނުހޯދާ ބަޖެތްގަ ހުރިއދަދަށް ވުރެ އިތުރަށް ހަރސދުކޮށްފަހުރި އެއްވެސް ފައިސާއެއް ގެ ހުއްދަ ރައޔިތުންގެ މަޖިލީހުން ނުދެވޭނެ.އެކަން އެބައެގޭ ގާނޫނުއަސަސީގެ 96 ގެ ނޫނުން.އޭގަ އެބައޮތް އިތުރަށް ހަރަދުކުރާނަމަ މަޖިލީހުން ހުއްދަ ހޯދަންޖެހޭނެކަމަށް. ބަޖެޓްގާ ކަނޑައެޅިފާހުރި އައިޓަމް ތަކުން އިތުރަށް ހަރަދުކޮށްފަ ހުރި ފައިސާއާއި ބަޖެތް ފާސްކުރި އިރު ނެތް ނަމުގަ އައިޓަމް ހަދާ ކޮށްފަހުރި ހަރަދުގަ ޒިންމާ އުފުލަންޖެހޭނީ މިނިސްތަރ އޮފް ފައިނޭންސް. ދަވްލަތުން އެފައިސާ ދޭން ނުޖެހޭނެ. ދަވްލަތުން މިފައިސާ ދައްކަނޖެހިއްޖެ ނަމަ ފނޭންސް މިނިސްތަރަށް އިހުމާލު ވުމުގެ ދައުވާކޮށް އެފައިސާ ހޯދަންޖެހޭނެ . ގާނޫނު ނަންބަރު 1/68 ޖ ގެ 9 ވަނަ މާއްދާގަ ބުނާ އިހުމާލު ގެ ޒިންމާ ފިނޭންސް މިނިސްޓަރާ މަތިކުރުވަންޖެހެނެ