ޚަބަރު އިޖުތިމާޢީ

ފަލަސްތިނަށް އެހީވުމަށް ހިންގާ ހަރަކާތްތަކުގައި އަރބަންކޯއިން އެހީތެރިވަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

އަރބަންކޯއިން މި ހަފްތާ ބަންދުގައި ފަލަސްތީނަށް އެހީވުމަށް ހިންގާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

Ads by STELCO

މިކަން ހާމަކޮށް އާބަންކޯ އިން މިއަދު ބުނީ މި ހަފްތާ ބަންދުގައި ފަލަސްތީނަށް އެހީވުމަށް ހިންގާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދޭން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފަލަސްތީނަށް އެހީވުމަށް ބޮޑު ތިން އިވެންޓްއެއް މި ހަފްތާ ބަންދުގައި ބޭއްވުމަށް ރާވާފައިވާ ކަމަށް އާބަންކޯ އިން ހާމަކުރެއެވެ.

އޭގެ ތެރޭގައި އިލްމުވެރިންގެ ގުޅުން، ހިދުމަތް ޖަމިއްޔާއިން 26 އޮކްޓޯބަރގައި ، ފޭސް 2 ހިޔާ ޕާރކްގައި ފަލަސްތީނުގެ ހާލަތާއި މެދު މި މައުޟޫއަށް ދީނީ އިލްމުވެރިންނާއިއެކު ކުރިއަށް ގެންދިމަށް ހަމަ ޖެހިފައިވާ ޕެނަލް ޑިސްކަޝަނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށް އާބަންކޯ އިން ހާމަކުރެއެވެ.

ހަމަ އެހެންމެ މޯމްސް އެން.ޖީ.އޯ އިން 27 އޮކްޓޯބަރު ގައި ހިޔާ ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ފަންޑް ރައިޒިންގ އިވެންޓަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މީގެ އިތުރުން ކޭކް ޑޯނާރސް އިން 28،29،އަދި 30 އޮކްޓޯބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަންޑް ރައިޒިންގް އިވެންޓަށް އެހީތެރިވުމަށް ނިންމާފައިވާ ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

އަރބަންކޯ އިން ބުނީ އެ ކުންފުނީގެ އެދުމަކީ ވިހާވެސް ގިނަ ބޭފުޅުން މި އިވެންޓްތަކުގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެމީހަކަށް ވީވަރަކުން އެހީތެރިވެދިނުން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!