ޚަބަރު ސިޔާސީ

ޑރ. މުޢިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސްއަޅަން ރައީސް ނަޝީދުގެ ޓީމުން ދަނީ ރާވަމުން: ނިހާދު

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތަށް، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނުގެ ޓީމުން މަސައްކަތްކުރާކަމަށް ފޭދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ނިހާދު ތުހުމަތުކުރައްވައިފިއެވެ.

Ads by Hajj Corporation

ނިހާދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން އެ މަނިކުފާނު ވަކި ކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާކުރައްވައިފިނަމަ އެ ހުވާ ގަބޫލު ނުކުރާނެ ކަމަށް ސަރުކާރު ހިންގާ މައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވިދާޅުވެފައިވަނީ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައިގެން ޑރ. މުއިއްޒު ހުވާކޮށްފިނަމަ، އައު ޖުމްހޫރިއްޔާގެ ކެބިނެޓަށް ރުހުން ނުދޭނެކަމަށެވެ.

މިކަމާއި ގުޅިގެން ނިހާދު ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތާއިމެދު ޤާނޫނީ ސުވާލު އުފައްދައި އެ ރަސްމިއްޔާތަށް ހުރަސް އެޅުމަށް ރައީސް ނަޝީދުގެ ޓީމުން ރާވަމުންދާ ކަމަށެވެ. އެ ފުރުސަތު ނުދިނުމަށް ނިހާދު ވަނީ ގޮވާލާފައެވެ.

Ads by HDC
  1. ޒަވިޔަނި

    އެއީތެދުފުޅެއް ހަމަބުއްދި ހުރިމީހަކަށް ވިއްޔާއެގޭނެ ނަސީދުގެ ނުރޭވުން އެކަންނޭގެނީ ލާދީނީބާގަޑަށް

  2. އަޒްރާ

    ނަޝީދު ރިޔާސަތުގަ އިނުމަކާ މުޢިއްޒު ހުވާ ކުރުމަކާ ގުޅުމެއްނެތް ހައތަހާވެސް މުނާފިގު ވާހަކަ ތިދައްކަނީ ކަލޭމެން ދެބައި މީހުންނަކީވެސް އެއްބައެއް ނަޝީދުގެ ސިޔާސަތުތައް އަދިވެސް އެމްޑީޕީގަ އޮތީ ހަމަ އެހެން ޑިމޮކްރެތުސްގަ އޮތީވެސް އެމްޑީޕީ ސޔާސަތު ހަމަ ލާދީނީންނާ ލާދީނީން ނާއި ނޫންތޯ އެއްވނީ އެކައްޗެއް ނޫންތޯ؟