ނަޝީދުގެ ތުހުމަތުތަކާ ގުޅިގެން މައުމޫންގެ ދިފާއުގައި ޣައްސާން އާއި ދުންޔާ!
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ 30 އަހަރުގައި ހުރިހާ ވޯޓެއް އޮޅުވާލި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެއްވުމާ ގުޅިގެން މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން އާއި ދަރިކަނބަލުން ދުންޔާ މައުމޫން އެމަނިކުފާނުގެ ދިފާއުގައި ނިކުންނަވައިފިއެވެ.
ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ މައުމޫންގެ ހަޔާތްޕުޅުގެ ކޮންމެ ވޯޓެއް ވެސް މަކަރު ހަދާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި 2007ވަނަ އަހަރު ރާއްޖޭގައި އޮންނަން ފެންނަނީ ކޮން ނިޒާމެއްތޯ ރައްޔިތުން ގާތުގައި އެހުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައިވެސް އެމަނިކުފާނު މަކަރު ހަދާ އޮޅުވާލާފައިވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.
އެކަމާ ގުޅިގެން ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓަކުން ބަލިވާ ކޮންމެ ފަހަރަކު އަނެއްކޮޅުން އޮޅުވާލީ ކަމަށް އަދި އިސްތިއުފާ ދިނުމަށްފަހު ބަޣާވާތެއް ކަމަށް އަދި ވެރިކަމާއި މަޖިލީހާއި ހުރިހާ ބާރެއް ލިބި ނުހިންގުމުން އެކަން ކުރީ ސަރުކާރު ނޫނީ ކޯލިޝަނަށް ޖަހަމުންދާ ކަމަށެވެ.
"ދޮގު ހެދުން ނޫން ކަމެއް ނުދަންނަ މީހެއްގެ ބަސް ދިވެހިން ދެން ގަބޫލެއް ނުކުރާނެ" އޭނާ ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަތަކަށް ދުންޔާ ވެސް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ރާއްޖެއަށް ދިމާވެފައިވާ މި ދަތި ހާލަތުގައިވެސް ނަޝީދު އުޅުއްވަނީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގައި ކަމަށެވެ.
"ތިއީ ތޯ ހިތާ ހިތުގެ ގުޅުމަކީ؟" ޔުމްނާ ސުވާލު ކުރެއްވިއެވެ.
ނަޝީދުގެ މި ވާހަކަތަކަށް މައުމޫން ވެސް މިއަދު ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ 30 އަހަރުގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލި އިރު 2008 ގެ އިންތިޚާބު އޮޅުވާ ނުލެވުނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. އަދި ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވުމަށް ވެސް މައުމޫން ވަނީ ގޮވާލައްވާފައެވެ.
ނަޝީދާއި މައުމޫން ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވަން ފައްޓަވާފައި މިވަނީ، ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް މައުމޫން ވިދާޅުވި ހިސާބުންނެވެ. ނަޝީދަކީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.
ތޯޓު ފޮށި މަތީ ބަނޑު އަޅައިގެން ތިބި މީހުން އަދި އެތިބީ މަރުނުވެ ދުނިޔޭގަ ކޮން ދޮގުތކެއް ހަދާކަށް…އެކަކު ގަބޫލު ނުކުރިޔަސް 30 އަހަރު ވެރިކަމެއް އެއްވެސް މީހަކަށް ނުކުރެވޭނެ…ކޮށްމެ އިންތިޚާބެއްގަ 100%ވޯޓު ލިބޭނޭ ގޮތެއް ހެޔޮވިސް ނޭ އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ . އޮޅުވާލައްވަން މަސައްކަތް ނުކުރޭ . . .