ދުނިޔެ

އުސައިން ބޮލްޓް ކޮވިޑް-19އަށް ފައްސިވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދުނިޔޭގައި ހުރި އެންމެ ބާރަށް ދުވާ އެއް ދުވުންތެރިޔާ، އުސައިން ބޮލްޓް ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ. 8 ފަހަރަށް އޮލިމްޕިކް ގޯލްޑް މެޑަލް ހޯދައިފައިވާ ބޮލްޓް މިހާރުވަނީ އޭނާގެ ގައުމު ، ޖަމައިކާގައި އެކަހެރިވެފައި ކަމުގައި ރިޕޯޓް ތައް ބުނެއެވެ.

Ads by Sosun Fihaara

ބޮލްޓް ކޮވިޑަށް ފައްސިވެފައި މިވަނީ މާސްކެއް ނާޅައި އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމަށް ފަހުގައި ކަމަށް ބޭރުގެ މީޑިއާތައް ބުނެއެވެ. ޖަމައިކާގެ ހެލްތު މިނިސްޓްރީއިން މިކަން ހާމަ ކޮށްފައިވަނީ ބޮލްޓު އޭނާގެ ޓެސްޓުގެ ނަތީޖާއަށް އިންތިޒާރު ކުރަނީ ކަމުގައި ބުނެ ވީޑިއޯއެއް ހިއްސާކޮށްފައި ވަނިކޮށެވެ.

ދުވުމުގެ ދުނިޔޭގެ ރިކޯޑެއް އޮތް ބޮލްޓު ކޮވިޑް-19އަށް ފައްސި ވެފައިވާއިރު ބޮލްޓުގެ ކިބައިން ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ.

ބޮލްޓު ކޮވިޑަށް ޓެސްޓު ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި އެއީ އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމަށްފަހު ޖެހިގެން އައި ދުވަސް ކަމުގައި މީޑިއާތައް ބުނެއެވެ.

ބޮލްޓުގެ ފޭނުން ވަނީ ބޮލްޓުއަށް އަވަސް ޝިފާއަކަށް އެދި ގިނަ މެސެޖުތަކެއް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

ޖަމައިކާއިން ދުވާލަކު 60އަށް ވުރެ ގިނަ ކޭސް ފާއިތުވެ ދިޔަ ހަފްތާ ތެރޭ ފެނުނު ކަމަށް ރިޕޯޓް ތައް ބުނެއެވެ. ޖަމައިކާއިން މިހާރު 1،612 މީހުން ކޮވިޑަށް ފައްސި ވެފައިވާއިރު މި ބަލީގައި މަރުވެފައި ވަނީ 16 މީހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!