ޚަބަރު

80 ޕަސެންޓު ޑިސްކައުންޓާއެކު އެސްޓީއޯގެ އިޔާ އެންޑް ޕްރޮމޯޝަން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އިޔާ އެންޑް ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

Ads by STELCO

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު މެންދުރު ފަހު، މި ސޭލް ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހުއެވެ.

ނޮވެމްބަރު މަހުގެ 1 ން ޑިސެމްބަރު 15 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ސޭލް ކުރިޔަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައެވެ.

މި ސޭލްގެ މުއްދަތުގައި ކަނޑައެޅިފައިވާ ބައެއް މުދަލުން 80 އިންސައްތައާ ހަމައަށް ޑިސްކައުންޓް ދެވޭނެއެވެ. އަދި ބަންޑްލް އޮފަރތައްވެސް ލިބިވަޑައިގަންނަވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!