ދުނިޔެ

ޣައްޒާގެ ގަބުރުސްތާނުތައް ފުރިއްޖެ, ޝަހީދުވި މީހުން ވަޅުލަމުން ދަނީ ވަޅުލެވެން ހުރި ދިމާއެއްގައި އެކުއެކީގައި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޔަހޫދީ ފައުޖުތަކުން އެމެރިކާގެ އެހީތެރިކަމާއެކު ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަނގުރާމައިގައި ޝަހީދުކޮށްލި މީހުންގެ އަދަދު 10,000އާ ގާތްވެފައިވާއިރު ގަބުރުސްތާނުތައް ފުރި, ވަޅުލެވެން ހުރި ދިމާއެއްގައި އެކުއެކީގައި މީހުން ވަަޅުލާން ފަށައިފިއެވެ.

Ads by WAMCO

ޣައްޒާގެ ސިއްހީ އޮފިޝަލުން މައުލޫމާތުދީފައިވާ ގޮތުގައި ގަބުރުސްތާނުތަކަށް ޖާގައިގެ ދަތިކަން ހުރުމުން އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ހަށިތައް މިހާރު ވަނީ އައިސްކްރީމް ފްރީޒާ ޓްރަކްތަކުގައި ވެސް ރައްކާކުރަން ފަށާފައެެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ވައިގެ މަގުންނާއި އެއްގަމު މަގުން ދެމުން ގެންދާ ހަމަލާތައް މިހާރު ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެ ގައުމުގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު ޑރ.އަޝްރަފް އަލް ކިދްރާ ބުނީ ޣައްޒާގައި މިހާތަނަށް 9،061 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 3،760 މީހުން ހިމެނޭ ކަމަށެވެ.

މިއީ 2014 ވަނަ އަހަރުގެ ޣައްޒާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުގައި ބެހެއްޓިފައިވާ ޖަނަރޭޓަރުތައް ފެއިލްވެ، ތެލާއި ބޭހުގެ ދަތިކަން ކުރިމަތިވުމުން ސިއްހީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެސް އަލް ކިދްރާ ވަނީ ދީފައެވެ. އޭނާ ބުނީ އެ ސަރަހައްދުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ ޣައްޒާ ސިޓީގެ ޝިފާ ހޮސްޕިޓަލުގެ ޖަނަރޭޓަރު ވަރަށް އަވަހަށް ފެއިލްވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަދި ޣައްޒާއަށް އަވަސް އަވަހަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައްކާތެރި ކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

  1. ތަމެންދޯ

    މިވަތަންގެ އާންމު ރައްޔިތުންނޭ ކަންބޮޑުވެގެން އުޅެނީ ފަލަސްތީނުގެ މުސްލިމުންނަށް އެމެރިކާ އާއި އިނގިރޭސިންނާއި އަދި ޔޫރަޕް އަޑީގައި ތިބެގެން ކުރާ އަނިޔާ މިހާރު އޮތް ސަރުކާރު ވެސް އަދި އަންނަން އޮތް ސަރުކާރު ވެސް ތިޔާ ކަމުގައި އެއްގޮތަކަށް ވެސް ކަންބޮޑު ނުވެއޭ އެކަން މަމެންނަށް އިނގެނީ އެއީ އިޒްރޭލާއި އެމެރިކާ އާއި އަދި އިނގިރޭސި އެމްބަސޭ މެންނަށް ވަނީ ދައުވަތުދީފައޭ މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތަށް އަދި އިންޑިއާ ގެ މޮދީ އަށް ވެސް ވަނީ ދައުވަތުދީފައޭ ހިތުގެ އަޑިން ގަބޫލުކޮށްގެން ފަލަސްތީނުގެ ރައްޔިތުންނާއި އެކު މުއިއްޒު ވާނަމަ އޭނާ ނާޗަރަނގީ ތަޅާ އުސޫލުން އޭނާ ހުވާ ކުރުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގެ ވިނަ ގަނޑު ނޮޅާލައިގެން 200 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން އެކަން ނުކުރާނެއޭ މުއިއްޒު އެއީ މަކަރުވެރިއެކޭ އެއީ ދޮގުހަދާ މީހެކޭ…