ޚަބަރު

ނޮވެމްބަރު ތިނެއްގައި ހިނގައިދިޔަ ކަންތައްތަކަކީ ރާއްޖޭގެ ތާރީޚުގައިވެސް ކުރިމަތިވި އެންމެ ބިރުވެރި ދުވަސްކަމުގައި ޤަބޫލު ކުރަންޖެހޭ: ރައީސް މައުމޫން

ރައުފާ ރަޝީދު ، ދެން އޮންލައިން

ނޮވެމްބަރު ތިނެއްގައި ހިނގައިދިޔަ ކަންތައްތަކަކީ ރާއްޖޭގެ ތާރީޚުގައިވެސް ކުރިމަތިވި އެންމެ ބިރުވެރި ދުވަސްކަމުގައި ޤަބޫލު ކުރަންޖެހޭ ކަމަށް ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި މެސެޖުގައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވީ 1988 ނޮވެމްބަރ 3 ގައި ހިނގައިދިޔަ ކަންތައްތަކާއި އެކަންކަން ހިންގުމަށް ދިވެހި ބާޣީންނާއި ބޭރުގެ ދުޝްމަނުން ރޭވި ރޭވުންތަކަށް ފުންކޮށް ވިސްނާއިރު އެއީ ރާއްޖޭގެ މުޅި ތާރީޚުގައި ވެސް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ދުވަސްކަމުގައި ޤަބޫލު ކުރަންޖެހޭ ކަމަށެވެ.

އަދި އެދުވަހު ދިވެހިޤައުމަށް މާތް ﷲ ދެއްވި މަތިވެރި ނަޞްރަށްޓަކާ ދިވެހި ރައްޔިތުން އެކަލާނގެއަށް އަބަދާ އަބަދު ޙަމްދާއި ޝުކުރުކުރުންމަތީ ދެމިތިބެންޖެހޭ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

  1. އަޖަލު

    ތެދުފުޅެކެވެ. އެފަދައިން 7 ފެބްރުއަރީ އަކީވެސް
    މި ރާއްޖެ ނުދެކޭފަދަ ނާމާން ބިރުވެރި ބަޣާވާތެއް ހިނގާދިޔަ ދުވަހެކެވެ.

  2. ސާފް ސާފް އުދަރެސް

    ފަސްއަހަރުކުރި އަށް ވަޑައިގެން ބައްލަވަމާ ހިންގަވާ ބިރުފަހަނައަޅާ ގޮސްފަވީ

  3. ާަަަައާތި

    ޢެދުވަހަކީ މިހާތަނަން ދިމާވި އެއްމެ ބިރުވެރި ދުވަހެއްނޫނެވެ.މަޢުމޫނުވިސްނާލަބަލަ ސުނާމީ ކާދިސޭ އެއަށްވުރެ މާބިރުވެރި އެވެ. ތިދުވަސްވެދާނެ މަޢުމޫނު އަށް ބިރުވެރިދުވަހަކަށް