ފިލްމީ ތަރި އާސިމް ޑިމޮކްރެޓްސްގެ ރ އަތޮޅު ރައީސްކަމަށް ކުރިމަތިލައްވައިފި

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި ރ. އަތޮޅުގެ ރައީސްކަމަށް މަޝްހޫރު ފިލްމީ ތަރި އަހްމަދު އާސިމް ކުރިމަތިލައްވައިފިއެވެ.
ރ. ރަސްގެތީމަށް އުފަން އާސިމް އަކީ މީގެ ކުރިންވެސް ސިޔާސީ ހަރަކާތްތަކުގައި ކޮންމެވެސް ވަރަކަށް ފެނިފައިވާ ބޭފުޅެކެވެ. އެގޮތުން އެބޭފުޅާ ރައީސް ނަޝީދުއާއެކު މީގެ ކުރިން އެމްޑީޕީގެ ބައެއް ހަރަކާތްތަކުގައި ފެނިފައިވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީން ކުރި މުޒާހަރާތަކުގައިވެސް އާސިމް ފެނިފައިވެއެވެ.
ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމާއެކު އެ ޕާޓީއާއި އެންމެ ފުރަތަމަ ގުޅުން މެންބަރުންގެ ތެރޭގައި އާސިމް ހިމެނޭއިރު، ރިޔާސީ އިންތިޚާބުގައިވެސް އާސިމްވަނީ ކެމްޕޭން ޓީމުތަކާއެކު އިސްކޮށް މަސައްކަތްކުރައްވާފައެވެ.
"ދަ ޑިމޮކްރެޓްސްގެ ރ އަތޮޅު ރައީސްގެ މަގާމަށް އަޅުގަނޑު ކުރިމަތިލައިފިން. އަތޮޅުގެ ހުރިހާ ޑިމޮކްރެޓުންނާއި އިސްލާހީ މަސައްކަތައް ލޯބިކުރައްވާ އަތޮޅުގެ އެންމެހާ ރައްޔިތުންނާއި މިޕާޓީގައި އަޅުގަނޑާއި އެކު މަސައް ކަތްކުރައްވާ އެންމެހާ އެކުވެރިންގެ އެބާރުލުމާއި އެހީތެރިކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން" އާސިމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މީނަމައްސޫރުވީކޮންގޮތަކުންތޯއަޅުގަނޑުބޭނުންސާފުކޮއްލަން މީނަގެތައުލީމީފެންވަރަކީ ގުރޭޑްފަހެއްރަސްގެތީމުސުކޫޫލްއިންފަހަކާހަމައަށްކިޔަވަން
އުޅެފަސުކޫލްއަށްފިލާގެންއައީ ޅ ފެލިވަރުމަސްބޯޓަކަށްއެތާާ
އުޅެލާފަމާލެއައިސްތިބުނާފިލްމުސްޓާރަކަށްވީ