ޚަބަރު

މޫސުން ގޯސްވުމުގެ ސަބަބުން އާބަންކޯގެ ފަންޑް ރައިސިންގް އިވެންޓް ފަސްކޮށްފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އާބަންކޯއިން ފަލަސްތީނަށް އެހީވުމަށް މިއަދު ބާއްވަން ހަމަޖެއްސި ފަންޑް ރައިސިންގް އިވެންޓު މޫސުން ގޯސްވުމާއި ގުޅިގެން ފަސްކުރަން ނިންމައިފިއެވެ.

Ads by STELCO

އެކަން ހާމަކުރައްވަމުން މިއަދު އާބަންކޯއިން ވިދާޅުވީ، އިވެންޓު ބާއްވާނެ ދުވަހެއް މީސްމީޑިއާގެ ޒަރީޢާއިން ފަހުން އިޢުލާނުކުރައްވާނެކަމެވެ.

 

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް  އެ ކުންފުނިން ބާއްވަން ނިންމި ފަންޑް ރައިސިންގް އިވެންޓްގައި ފުޑް ސްޓޯލް، ޖަމްބަލް ސޭލް އަދި ކުޑަކުދިންނަށް ހާއްސަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވެއެވެ.

އަދި އެ ހަރަކާތްތައް މެދުވެރިކޮށް ލިބޭ ހުރިހާ ފައިސާއެއް ދޭނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކަމަށް އާބަންކޯ އިން ހާމަކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!