ސިންގަޕޫރު ދަތުރުފުޅަށްފަހު ޑރ. މުއިއްޒު ރާއްޖެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގަންނަވައިފިއެވެ.
ނުރަސްމީ ދަތުރުފުޅެއްގައި މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 30ގައެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވީ މި ދަތުރުފުޅަކީ އެމަނިކުފާނުގެ އާއިލާއެކު ވަޑައިގެންނެވި ދަތުރުފުޅެއްކަމަށެެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވިއިރު މިއީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފުރަތަމަ ދަތުރުފުޅުކަން ފާހަގަކޮށްލެވެއެވެ.