ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރަށް ޚިޔާލު ހުށަހަޅަން ހުޅުވާލައިފި

ޢާންމުކޮށްފައިވާ ކުޑަކުދިންނަން ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރަށް ޚިޔާލު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ލިސްޓަކީ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް ސީ.އެފް.ޕީ.އެސް އިން އަދާހަމަކޮށް ބަލަހައްޓަމުން ގެންދާ ލިސްޓެކެވެ.
ޗައިލްޑް ޕްރޮޓެކްޝަން އެޖެންސީ އިން ބުނީ މަޢުލޫމާތު ހޯދުމަށާއި އަދި މި ދަފްތަރު އިތުރަށް ފުރިހަމަ ކުރައްވަން ޚިޔާލު ހުށަހެޅުމަށް، [email protected] އަށް އީމެއިލް ކުރެއްވުމަށް ނުވަތަ މިސަރވިސްގެ ނަންބަރު 3027576 އަށް ގުޅުއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ލިސްޓު ޑިޖިޓަލައިޒް ކުރުމުގެ މަޤްޞަދަކީ މީގެކުރިން މެނުއަލްކޮށް ބަލަހައްތަމުންދިޔަ މަޢުލޫމާތު ލަސްކަމެއްނެތި ވަގުތުން އަދާހަމަކުރުންކަމަށް ކަމަށެވެ.
ޒިނޭ ކުރާ މީހުންނާއި ވައްކަން ކުރާ މީހުންނާއި ރާބޯ މީހުންނާއި މަސްތުވާ މީހުންނާއި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ދަފުތަރުވެސް ހަދަންވީ ނުންތޯ !