ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 2.389 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެ އެތެރެކުރަން އުޅުނު 2.389 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

Ads by STELCO

ކަސްޓަމްސްއިން ވިދާޅުވީ އެތަކެތި އަތުލައިގެންފައިވަނީ ސެޕްޓެމްބަރ އަދި އޮކްޓޯބަރު މަހުގެ ތެރޭގައި ކުރިޔަރ އަދި ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިިވާ ޕާރުސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުން ކަމަށެވެ.

އެގޮތުން ތަފާތު 5 މައްސަލައެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި ކަސްޓަމްސްއިން ތަހްލީލް ކުރުމުން މަސްތުވާތަކެތީގެ ބާވަތެެއް ކަމަށްވާ ސިންތެޓިކް ކެތިރޯން އަށް ޕޮޒިޓިވެވެފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

މި މައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.389 ކިލޯ ހުރި ކަމަށާއި އެތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓްމްސްއިން ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!