ޚަބަރު ސިޔާސީ

ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުމެއް މިއަދު

ރައުފާ ރަޝީދު ، ދެން އޮންލައިން
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުން ނިކުމެވަޑައިގަންނަވަނީ

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފް އަޑުއެހުމެއް ދުވަސްތަކަކަަށް ފަހު މިއަދަށް ހައި ކޯޓުގައި ތާވަލުކޮށްފިއެވެ.

Ads by Hajj Corporation

މި އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 2 އަށެވެ. މިހާރު ހައި ކޯޓުގައި ކުރިއަށް ދާ އިސްތިއުނާފީ މައްސަލަ އަކީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި އެ ހުކުމާ އެކު ކޮށްފައިވާ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާގެ އިސްތިއުނާފް އަޑުއެހުމެކެވެ.

މީގެ އިތުރުން ރިޝްވަތުގެ ކުށް ސާބިތުވެ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދާ ޔޫސުފް ނައީމްގެ ފަރާތުން ކޮށްފައިވާ އިސްތިއުނާފްގެ އަޑުއެހުން ވެސް ހިމެނެއެވެ.

ރައީސް ޔާމީންގެ ޝަރީއަތެއް ތާވަލުކޮށްފައިވާއިރު، އިންތިހާބަށް ފަހު ޖެހިގެން އައި ދުވަހުން ފެށިގެން ރައީސް ޔާމީންވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. އަދި އޭގެ ފަހުން ގޭ ބަންދުން ރަށު ބަންދަށްވެސް އެމަނިކުފާނުވަނީ ބަދަލުކޮށްފައެވެ. ގޭ ބަންދަށް ބަދަލުކުރި ފަހުން އަދި އަޑުއެހުމެއް ބާއްވާފައިނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!