ޚަބަރު

ހުވާކުރެއްވުމުގެ ޖަލްސާ ހުއްޓުވަން އެމްޑީޕީން ރޭވި ރޭވުން ފެއިލްވެއްޖެ: ރައީސް ނަޝީދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އިންތިޚާބީ ރައީސްގެ ހުވާކުރެއްވުމުގެ ޖަލްސާ ހުއްޓުވަން އެމްޑީޕީން ރޭވި ރޭވުން ފެއިލްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޙަމްދުކުރައްވައިފިއެވެ.

Ads by MWSC

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ޤަރާރު މަޖިލީހުގައި ކުރިއަށް ނުދިޔުމަކީ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް އެޅޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން މިއަދު ޙުކުމްކުރެއްވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ޙުކުމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރެއްވީ ޑރ. މުޢިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތު ހުއްޓުވަން ކަމަށާއި އެ ރޭއްވުން ފެއިލްވެއްޖެކަމަށެވެ.

"އިންތިޚާބީ ރައީސްގެ ހުވާކުރެއްވުމުގެ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީން ރާއްވަވަމުންދިޔަ ރޭއްވުން ފެއިލްވިކަމަށްޓަކައި މާތްﷲ އަށް ޙަމްދުކުރަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ޑރ. މުޢިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތު ދާނީ ރީތިކޮށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޙުކުމް މިއަދު އިއްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލީހުގެ ނާއިބު ރައީސް ފިޔަވައި އެހެން މީހަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެފައިވެއެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ނުގެންދަން ނިންމާފައިވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

 

  1. ކަލޭ މަޖިލީހުގެ ގޮނޑި ކާލަން އުޅުނު އުޅުންވެސް ﷲ ފޭލްކޮށްލި ކަމަށްޓަކާ އެއިލާހަށް ޙަމްދުކުރަން.

  2. ާާާއާފް

    ޢަލްޙަމްދު ލިﷲ ޢާމީން