ދުނިޔެ

ކަރަންޓު ކެނޑުމުގެ ސަބަބުން ޣައްޒާގައި ދުވަސްނުފުރާ ވިހެއި ދެ ކުދިން ނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ އަލް ޝިފާ އިން ކަރަންޓު ކެނޑުމުގެ ސަބަބުން ދުވަސް ނުފުރާ ދެ ކުއްޖަކު ނިޔާވެފައިވާ ކަމަށް އެގައުމުގެ ޑޮކްޓަރުންނާ ހަވާލާދީ އިޒްރޭލުން ބުނެފިއެވެ.

Ads by WAMCO

އިސްރާއީލުގެ ޑޮކްޓަރުންގެ ގުރޫޕަކުން ނެރުނު ބަޔާނެއްގައި ބުނީ ކަރަންޓް ނުލިބުމުގެ ސަބަބުން އެ ހޮސްޕިޓާަލުގެ އެންއައިސީޔޫގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި ދުވަސް ނުފުރާ ވިހެއި ތުއްތު ދެ ކުއްޖަކު މަރުވެފައިވާ ކަމަށެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 24,000 އަށް އުފުލިފައެވެ.

ނަމަވެސް، ޣައްޒާ ފުރަބަންދު ކޮށް، ކާބޯތަކެއްޗާއި ފެނާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ވައްދަން ޔަހޫދީން ހުރަސް އަޅަމުން ދިޔުމާ އެކު، ޣައްޒާގައި ޞިއްޙީ ފަރުވާއަށް ބޭނުންވެފައިވާ އެތަކެއް ހާސް މީހުންނަށް އެ ޚިދުމަތް ފޯރުކޮށްދޭން ވަނީ ހުރަސް އެޅިފައެވެ.

ޣައްޒާގައި ހުންނަ 35 ހޮސްޕިޓަލްގެ ތެރެއިން 16 ތަނެއް މިހާރު ވަނީ ބަންދު ކޮށްފައެވެ. އަދި، 72 ކްލިނިކުގެ ތެރެއިން 51 ތަން ވަނީ ބަންދު ކޮށްފައެވެ. އެ ތަންތަން ބަންދު ކުރަން ޖެހުނީ، ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ ހޮސްވުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!