އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
![](https://dhen.mv/wp-content/uploads/2023/11/photo_2023-11-16-12.26.52-850x548.jpeg)
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ކަމުގެ އިންތިޚާބަށް ހުޅުވާލައިފިއެވެ.
އެމްޑީޕީން މިއަދު ބުނީ އެ ޕާޓީގެ ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު 23 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ވީމާ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 18 ނޮވެމްބަރ 2023 ވާ ހޮނިހިރު ދުވަހުގެ 18:00 ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަދެންނެވީމެވެ" އެމްޑީޕީން ބުންޏެވެ.
މި އިންތިޚާބުގައި ބައިވެރިވާން ބޭނުންވާ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕުގެ މެންބަރުން އެކަމަށްޓަކައި ކަނޑައެޅިފައިވާ ގޫގުލް ފޯމް ފުރިހަމަކުރުމަށް އެމްޑީޕީން ވަނީ އެދިފައެވެ.
އެމްޑީޕީން އެޕާޓީގެ ޕީޖީ ލީޑަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރެއްވުމާއި ގުޅިގެންނެވެ.
މިހާރުގެރަތްޔިތުއްގެމަޖިލީހައްގަދަބާރާއިނުފޫޒުގެބޭނުއްކޮއްގެއް)ރަތްޔިތުއްގެމަޖިލީހުގެރައިސްކަމައްހުއްނެވިހާމާންއަސްލަމް
އަކީރައިސްސޯލިވުވެރިކަމުގަކުރިވައްކަމާއި)އިސްލާމްދީނާހިލާފުއެތަކެއްޣަރީމާތަކެޢްކުރަމުއްދިއައިރުއަތްޕުޅުޖަހާލަޖަހާލާހުއްނެވިބޭފުޅެއް).ހާދަހާވާގައްސެއްނެތޭދޯ.ސުކުރިއްޔާ