ޚަބަރު

އައްޑޫ ސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅުރަށަކަށް ދިޔަ މީހަކު ނިޔާވެއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އައްޑޫ ސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ އެއްރުއްހެރާއަށް ދަތުރު ގޮސް އުޅުނު ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 29 އަހަރު މީހެކެވެ. އޭނާ އެ ފަޅުރަށަށް ދިޔައީ ޢާއިލާގެ ބަޔަކާއި ރައްޓެހިންނާއެކު ދަތުރުކަމަށާއި ނިޔާވެފައިވަނީ އެމީހުންނާއެކު އުޅުމުގެ ތެރޭގައި ވެއްޓިގެންކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންވެސް ވިދާޅުވެފައިވަނީ، ދަތުރުގޮސް އުޅުނު މީހަކު ހާލު ދެރަވެގެން ކޯސްޓްގާޑްގެ އެހީތެރިކަމާ އެކު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 12:55 ހާއިރު ލިބިފައިވާ ކަމަށާއި، އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

A rare but valuable find is a 1xbet promo code no deposit. This type of code would grant a bonus without requiring you to add funds first, such as a small free bet or a few free spins. While the main welcome bonus requires a deposit, keeping an eye out for these no-deposit offers can provide a truly risk-free way to try the platform.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!