ސަރުކާރުގެ ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަންތަކެއް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ 2023 ނޮވެންބަރު 17 ވަނަ ދުވަހު ރިޔާސީ އައު ދައުރު ފެށުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސްފައިވާ ކަމަށާއި މި ބަދަލާއެކު މިނިސްޓްރީތަކުގެ ނަންބޯޑުތައް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.
ވުޒާރާތަކަށް ދިވެހިބަހުން ދީފައިވާ ނަންތައް:
- މިނިސްޓްރީ އޮފް ޑިފެންސް - ދިފާއީ ވުޒާރާ
 - މިނިސްޓްރީ އޮފް ފޮރިން އެފެއާޒް - ހާރިޖީ ވުޒާރާ
 - މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ - ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
 - މިނިސްޓްރީ އޮފް ފިނޭންސް - މާލީ ވުޒާރާ
 - މިނިސްޓްރީ އޮފް އެޑިޔުކޭޝަން - ތައުލީމީ ވުޒާރާ
 - މިނިސްޓްރީ އޮފް ހެލްތް - ސިއްހީ ވުޒާރާ
 - މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ
 - މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
 - އެޓާނީ ޖެނެރަލްގެ އޮފީސް - ބަންޑާރަ ނައިބުގެ އޮފީސް
 - މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް - އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ
 - މިނިސްޓްރީ އޮފް ޓޫރިޒަމް - ފަތުރުވެރިކަމާ ބެހޭ ވުޒާރާ
 - މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
 - މިނިސްޓްރީ އޮފް ސްޕޯޓްސ،ް ފިޓްނަސް އެންޑް ރެކްރިއޭޝަން - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
 - މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ - މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
 - މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް - ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ
 - މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ
 - މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް - ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
 - މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާ
 - މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ - އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
 - މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ - ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ
 - މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓ،ް އިންފޮމޭޝަން އެންޑް އާޓްސް - ޒުވާނުން ބާރުވެރިކުރުވުމާއ،ި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
 - މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއ،ި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ
 
  Ads by HDC
 
                                                    
            
                    
            
                    
            
                    