ދުނިޔެ

ޣައްޒާގެ ދެ ސްކޫލަކަށް ޔަހޫދީން ދިން ހަމަލާއެއްގައި 200 މީހުން ޝަހީދުކޮށްލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޣައްޒާގެ އުތުރުގައި އޮންނަ  އަލް ފަޚޫރާ ސްކޫލަށާއި އިތުރު ސްކޫލަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގައި ގިނަ ބަޔަކު ޝަހީދުކޮށްލައިފިއެެވެ.

Ads by Sosun Fihaara

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އަލްފަޚުރާ ސްކޫލަށް ދިން ބޮމުގެ ހަމަލާގައި 50 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.  އަދި އެ ދެ ހަމަލާގައި އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އާންމު ތަންތަނަށް އިޒްރޭލުން ދޭ ހަމަލާތައް ކުރިޔަށްވުރެ މިހާރު ގިނަކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޔަހޫދީންގެ މި ހަމަލާގައި 200 މީހުން ޝަހީދުވެފައިވާއިރު، އިމާރާތުގެ ކުނިތަކުގެ ދަށުގައި ގިނަ ބަޔަކު ތާށިވެފައި ތިބުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 11,400 އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 30,000 އަށް އަރައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!