ދުނިޔެ

ޣައްޒާއިން ކާބޯތަކެތި ހުސްވެ، ހައިހޫނު ކަމާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު

ރައުފާ ރަޝީދު ، ދެން އޮންލައިން

ޣައްޒާއިން ކާބޯތަކެތި ހުސްވެ، ހައިހޫނު ކަމާ ކުރިމަތިލާން ޖެހިދާނެ ކަމަށް އ.ދގެ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު, ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެޗްޕީ)ން ބުނެފިއެވެ.

Ads by Sosun Fihaara

އެ އިދާރާއިން ބުނީ، ޣައްޒާގެ ރައްޔިތުން ކެއުމުގައި އެންމެ ޢާންމު ގޮތެއްގައި ބޭނުން ކުރަނީ ޕާން ކަމަށާއި ޕާން ފިހަން ބޭނުންވާ ތަކެތި ހުސްވެ، ފިހާނެ ގޮތެއް ނެތް ކަމަށެވެ.

އދ އިން ބުނީ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގެ އުތުރުގައި އެއްވެސް ބޭކަރީއެއް ހުޅުވާފައިނުވާ ކަމަށާއި އެއީ ތެލާއި ފެނާއި ފުށް ނެތުމުގެ ސަބަބުން ކަމަށެވެ. އަދި ހަމަލާތަކުގައި ޣައްޒާގެ 11 ބޭކަރީއެއް މުޅިން ހަލާކުވެފައިވާ ކަމަށް ބުންޏެވެ.

އަދި ޣައްޒާގެ ފުރަބަންދާ ގުޅިގެން އެ ސަރަހައްދުން ސާފު ބޯފެން ވެސް މިހާރު ހުސްވެފައިވާ ކަމަށާއި އެހެން ސަރަޙައްދުތަކުން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދޭން ޖެހިފައިވާ ކަމަށް އދ އިން ބުނެއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 11,300 އަށް އުފުލިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!