ޚަބަރު ރައްޔިތުންގެ މަޖިލިސް

ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހުން ފާސްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

2023 ގެ ސަޕްލިމެންޓަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

Ads by Hajj Corporation

މި ބަޖެޓް ފާސްކޮށްފައިވަނީ މަޖިލީހުގެ 57 މެމްބަރުންގެ ވޯޓާއެކުއެވެ. ފާސްކުރަން ބޭނުންނުވާ ކަމަށް ވޯޓިދީފައި ވަނީ 10 މެމްބަރުންނެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 6.5 ބިލިއަން ރުފިޔާއެވެ. މިއީ މި އަހަރަށް ފާސްކުރި 42.8 ބިލިއަން ރުފިޔާގެ ޖުމްލަ ބަޖެޓަށް އިތުރު ކުރަން ހުށަހަޅާފައިވާ ފައިސާއެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ސަބްސިޑީ އަދި އާސަންދައަށާއި، ޕީއެސްއައިޕީގެ އިތުރުން ސަރުކާރު ކުންފުނިންތަކުގެ ކެޕިޓަލް ކޮންޓްރިބިއުޝަން އިތުރު ކުރުމަށް ބޭނުންވާ ފައިސާއެވެ.

އެގޮތުން، ސަބްސިޑީއަށް 1.85 ބިލިއަން ރުފިޔާ އިތުރަށް ހޭދަވާނެ ކަމަށް ލަފާ ކޮށްފައިވާއިރު އާސަންދައަށް 1.26 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.78 ބިލިއަން ރުފިޔާ އިތުރަށް ހޭދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!