ފޮނަދޫ ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީގެ މެންބަރުން ކޮންގްރެސް ޕާޓީއަށް

ހައްދުންމަތީ ފޮނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ މެންބަރުން ޕީޕަލްސް ނެޝަނަލް ކޮންގްރެސް،ޕީއެންސީއާ ގުޅިއްޖެއެވެ.
ޕީޕީއެމްއަށް ނިސްބަތްވާ މި ހުރިހައި މެންބަރުން ޕީއެންސީއަށް ސޮއި ކުރެއްވީ އެކަމަށް ޓަކައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ.
ދިމްޔާތުގައި ބޭއްވި ރަސްމިއްޔާތުގައި އެ ބޭފުޅުންގެ ފޯމްތަކާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރައީސް, ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ.
ރޭގެ މި ޙަފްލާގައި ފޮނަދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާއި ފިނޭންސް މިނިސްޓަރު މުޙައްމަދު ޝަފީގް ވެސް ބައިވެރިވެ ވަޑައިގަތެވެ.
ރައީސް މުއިއްޒުގެ އަމާޒަކީ ކުރިޔަށް މި އޮތް ތިން މަސް ދުވަހުގެ ތެރޭގައި ޕީއެންސީ އަށް 10،000 މެމްބަރުން އިތުރު ކުރެއްވުމެވެ. އެ އަމާޒަށް ހާސިލްވުމަށް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޕީއެންސީއަކީ 2018 ވަނަ އަހަރު ރެޖިސްޓްރ ކުރެވުނު ސިޔާސީ ޕާޓީއެކެވެ. ޕީއެންސީގެ ޗެއަރޕާސަން އަދި ފައުންޑަރަކީ ފޮނަދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ އަބްދުއްރަހީމް އަބްދުﷲއެވެ.







ކޮމެންޓް