ޚަބަރު ސަރުކާރު

އަންނަ ސެޕްޓެމްބަރު މަހަށް ވީއައިއޭ ތަރައްޤީކޮށް ނިންމަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްޤީ ކުރުމުގެ މަޝްރޫޢު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ސައީދު މިކަން ހާމަކުރައްވާފައި ވަނީ އާ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ސައީދު ވިދާޅުވީ ވެލާނާ އެއާޕޯޓު އަންނަ ސެޕްޓެމްބަރު މަހަށް ނިންމުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ބޭނުންފުޅުވާ ކަމަށެވެ.

ރައީސް މުޢިއްޒު ވަނީ މީގެ ކުރިންވެސް ވީއައިއޭ ތަރައްޤީ ކުރުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ ޕީކް ސީޒަން ފެށެންވާއިރަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ވީއައިއޭ މަޝްރޫޢު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމުމަށް މި ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުގައި ވީއައިއޭ މަޝްރޫޢު 2024 ސެޕްޓެމްބަރަށް ނިންމުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަން ނިންމާފައި ވީނަމަވެސް ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވިދާޅުވީ ވީއައިއޭ މަޝްރޫޢު ނިންމޭނީ 2025 ވަނަ އަހަރު ކަމަށެވެ.

ވީއައިއޭ ތަރައްޤީ ކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ނިންމުމަށް ދިވެހި ސަރުކާރަށް 1.2 ބިލިއަން ރުފިޔާގެ އެހީތެރިކަމެއް ދޭން ނިންމާފައިވާ ކަމަށް ޔުނައިޓެޑް އަރަބި އެމެރޭޓްސްއިން ވެސް ވަނީ ހާމަކޮށްފައެވެ. އަދި އެ އެެހީ ދޭން ނިންމާފައިވާކަން އެ ޤައުމުން ހާމަކޮށްފައި ވަނީ ރައީސް މުޢިއްޒު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައެވެ.

Ads by Ooredoo
  1. ކުރާށޭ

    ފްލެޓް ލިސްޓް ރިވިއުކޮށްފިނަމަ ނިކުންނާނެ ނަތީޖާ މާބޮޑަށް ނުބައިވާނެއޭ ވެރިކަން ކުރަނީ ޕީޕީއެމް އަކުން ނޫނޭ ޕީއެންސީންނޭ ޕީއެންސީ އަކީ ސިޔާސީ ގޮތުން އެއްވެސް އުރަތްޕެއް ހުރި ޕާރޓީ އެއް ނޫނޭ އެމްޑީޕީ އިދިކޮޅު ގައި އޮންނަ އިރު އެމެން މާބޮޑަށް ވަރުގަދަވާނެއޭ އެމެންނަކީ އެއީ އިދިކޮޅު ސިޔާސީ ޕާރޓީ އެއްގެ ގޮތުގައި އޮންނައިރު ވަރަށް ރަނގަޅަށް ވެރިކަން ކުރާ ޕާރޓީ ކުޑަކަކޫ މައްޗަށް ތިރި ކުރަން ދަންނަ ޕާރޓީ އެކޭ އެކަމުގެ ޕާރސްޕޯރޓަކަށް އެމެން ބޭނުންކުރާނީ ފްލެޓްސް ލިސްޓް ރިވިއު ކުރުމޭ މިކަން ނުކުރާށޭ ހެޔޮނުވާނެއޭ ރައީސް އިބޫ އަކީ އެއީ 18 އަހަރު އިދިކޮޅު ސިޔާސީ އިސްމީހެއްގެ ގޮތުގައި އެމްޑީޕީގައި ވަރަށް ވަރުގަދަ މަގާމެއްގައި ހުރި މީހެކޭ އިބޫ ދަންނާނެއޭ ސިޔާސީ ކުޅި މުއިއްޒުގެ ސަރުކާރާއި ދެކޮޅަށް ކުޅެން އިބޫ ވަރަށް ރަނގަޅަށް މިކަން ކުރާނެއޭ ކޮށްފިނަމަ ޕީޕީއެމް ޕީއެންސީ އަށް މަޖްލީހުގެ އިންތިޚާބުގައި ދާނީ ޗޮކުންނޭ އެންމެ 6 މަސް ދުވަހަކުން ސަރުކާރަށް މާބޮޑު ނަތީޖާ އެއް ނުނެރެވޭނެއޭ އެއީ ވާނޭ ކަމެއް ނޫނޭ މީހުންގެ ޖަޒްބާތާއި މުއިއްޒުގެ ސަރުކާރުގެ ތިންވަނަ ދުވަހު ތިޔާ ކުޅެލީ އެއީ ވަރަށް ނުރައްކާތެރި ކަމެކޭ ތިކަން ނުކުރާށޭ ފްލެޓް ލިސްޓް އަލުން ބަލަން ނަހަދާ ލައިފިއްޔާ އޮތަދީ އެއުސޫލުން އެކަން ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ

  2. ނުކުރާށޭ

    ރައީސް ޔާންޓޭ ވެރިކަން ކުރިއިރު ގާކޮށި ފްލެޓާއި އަދި އަރަބިއްޔާ ކޮށީގައި އެޅި ފްލެޓްސް ތައް އެމްޑީޕީން ދީފައިވާ އެކެއްގެ އަތުން ފްލެޓެއް އަތުނުލައޭ ކުރި ކަމަކީ އެ ފްލެޓްސް ތައް ނިންމާ އަަވަހަށް އެންމެނާއި ފްލެޓްސް ތައް ހަވާލު ކުރުމޭ ޕީއެންސީ އަށް މީހުން ގިނަ ކުރުމުގެ ނަމުގައި ފްލެޓްސް ތައް ދީފައިވާ މީހުން އަތުން ފްލެޓްސް ތައް އަތުލާ އަދުރޭ ބުނާ ބަޔަކަށް މަކަރާއި ހީލަތުން ފްލެޓްްސް ދޭން މުއިއްޒު ނަހަދާށޭ ތިޔާއީ މަމެން ޕިންކީން ތާއީދު ކުރާ ކަމެއް ނޫނޭ މަމެން ތިކަމަށް އެއްގޮތަކަށް ވެސް ތާއީދު ނުކުރަމޭ މުއިއްޒު އަށް އިނގޭނެއޭ މަމެން ޕިންކީން ތާއީދު ނުކުރާނަމަ ރައްޔިތުންގެ ތާއީދު ގެއްލޭނެ ކަން އެކަން ފެނުނެއް ނޫންތޭ މުއިއްޒު ހުވާ ކުރާ ރަސްމިއްޔާތު މަޖްލީހުގެ އިދާރާއިން ބޭރުގައި ބޭއްވުން މަމެން ތާއީދު ނުކުރުމުން ހުސް ގޮނޑި ތައް ނޫންތޭ ގިނައީ މީ ސަބަބު ތަކެއް އޮވެގެންނޭ މަމެން ވަރަށް ބަލާފައޭ ޖައްސާނީ އެއްގޮތަކަށް ވެސް ނުބަލާ މަމެން ކަމަކާއި ދެކޮޅު ނުވާނަމޭ ފްލެޓްސް ތައް ރައީސް އިބޫ ދިން ގޮތަށް އެކަން ކުރުމަށޭ މަމެން ޕިންކީން ތާއީދު ކުރަނީ އެނޫން ގޮތެއް މަމެން ގަބޫލެއް ނޫނޭ ޝަކުވާ ކުރި މީހުންނަށް ދޭން އަވަހަށް ފްލެޓްސް އަޅަން ހުޅުމާލޭން ބިން ހިއްކާ އެކަން ކުރަންވީ މިހާރު ވެސް ހުޅުމާލޭ އެކެއްގައި އެބަހުއްޓޭ ފްލެޓްސް ތައް އެޅޭނެ ބިން 50 ހާސް ފްލެޓްސް ވެސް އެޅޭނެ މަމެންނަށް އެކަން ނޭގިގެން ނޫޅެމޭ…