ޚަބަރު ސަރުކާރު

އެއްބައިވަންތަކަމާއެކު، އެއްޓީމެއްގެ ގޮތުގައި ހުރިހާ އޮފީސްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެއްބައިވަންތަކަމާއެކު، އެއްޓީމެއްގެ ގޮތުގައި ހުރިހާ އޮފީސްތަކާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އަމާޒުގައި، އަދި ރައްޔިތުން ފޯކަސްގައި ބަހައްޓައިގެން ނަތީޖާ ނެރެދިނުމުގެ އަޒުމުގައި މަސައްކަތްކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

Ads by Sosun Fihaara

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ މުޅި ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އޮފީސްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކަށް ދޭންޖެހޭ އިރުޝާދުތައް ދިނުމާއި، ބަލަހައްޓަންޖެހޭ ކަންކަން ބެލެއްހެޓުމުގެ ބޮޑު ޒިންމާ އަދާކުރައްވާ އޮފީސް ކަމަށް ވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިއަށް ގެންދަންވާނީ ސަރުކާރުގެ އެހެން އޮފީސްތަކަށްވެސް ރީތި މިސާލެއް ދައްކައިދޭ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 1. އަލިފުތު

  ބްރިޖުން ނުގުޅޭ ހިސާބުގައި ބޮޑު ބިމެއް ހިއްކާފަ މާލޭ މީހުން ފޮނުވަން އުޅުމަށް ވުރެން ތުލުސްދޫ ނޫނީ ކާށިދޫ ތަރައްހީ ކޮއްފަ އެތަނަށް ފޮނުވިއްޔާ މާބޮޑަށްވެސް ތިޔަ އިސްރާފު ނުކޮށް ވާނެއެވެ. ތިޔަ އުޅެނީ މިގަރުނުގެ އެންމެ ބޮޑު އިސްރާފު ކުރާށެވެ.

 2. ނުވާނެއޭ

  ރައްޔިތުންގެ ސަލާމަތާއި ރައްކަލަށް ޓަކައި އެބަޖެހޭ ރާއްޖޭގައި ތިބި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ މީހުން ގަވާއިދުގައިވާ ގޮތުގެ މަތިން ޖޫރީމަނާ ކުރަން ފަށަން އެގޮތުން މިހާރު އަލަށް ހަދަމުންދާ ރިސޯރޓް ތަކުގެ މަޝްރޫއު ތަކުގައި މުޅިން މަސައްކަތް ކުރަނީ އެމީހުންނޭ އެފަދަ ރިސޯރޓް ތަަކަށް ނާންގާ އެތަންތަނަށް އަރާ އެ މެން ލައްވާ މަަސައްކަތް ކުރުވާ އެންމެން ޖޫރީމަނާކޮށް ޚާއްސަ ކޮށް ރިސޯރޓް ވެރިފަރާތް ބޮޑު އަދަދުން ޖޫރީމަނާ ކުރާށޭ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ އެންމެ ބިދޭސީ އަކު ވެސް މުއިއްޒުގެ ވެރިކަމަށް 100 ދުވަސް ފުރޭއިރު ހުރެގެން ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ

 3. ނުޖެހެއޭ

  މާލޭގެ މަގުމަތީގައި ގަވާއިދާއި ޚިލާފަށް ޕާރކް ކުރުން އެވަނީ އާންމު ކަމަކަށް ވެފައޭ ދުވާރު މަތީގައި ޕާރކް ކޮށްފައިވަނީ ރައީސް އޮފީހާއި ޖެހިގެން ވެލާނާގެ އެއޮތީ އެތަނުގެ މުވައްޒަފުންނޭ ފުރަތަމަ ގަވާއިދާއި ޚިލާފަށް ޕާރކް ކުރަނީ ދެން އެމެން އަދާ ކުރާ ވަޒީފާ ވެސް އަދާކުރާނީ ގަވާއިދާއި ޚިލާފަށޭ ހުރަވީ ބިލްޑިންގްގެ އެއްބައި ނުޖެހޭނެއޭ ދޮންވެލި ލާފައި ބާއްވަން އެތަނުގައި ވަގުތީ ގޮތުން 4 ބުރި އަށް ހަދާ އަވަހަށް ޕާރކް ކުރާ ތަނެއް ހަދާށޭ އަދި ފުލުހުން ނެެރޭށޭ މާލޭގެ މަގުމައްޗަށް އެމެން ނުޖެހޭ ފިނިކުރި ކޮޓަރީގައި ކުކުޅު ފައި މަޅަން ބައިތިއްބަން ނުޖެހެއޭ…

 4. ވިސްނާތި

  އައި ޔޫއެމް މުޅި ރާއްޖެ އަށް ފެތުރުމުން ހިންގުމުގެ ޚަރަދުބޮޑުވެ އަދި ޔުނިވަރސިޓީ ގެ ކިޔަވާދިނުމުގެ ބައިތައް ކުރިނާރާނީއޭ މިހާރު ވެސް ގައުމީ ޔުނިވަރސިޓީން އަދި ވެސް ސްޓެމް ޕްރޮގްރާމް ތައް ކިޔަވާ ނުދެއޭ ނަތީޖާ އަކީ ރާއްޖޭގައި އުފެދޭ ފަންނީ މީހުން މަދުވުމޭ މިސާލަކަށް އެންމެ ދާއިރާ އެއް މަމެން ކިޔާނަމޭ ރާއްޖޭގައި ތިބި ސެރޓިފަައިޑް ކިއުއެސްގެ އަދަދަކީ 50 އަށް ވުރެން ދަށޭ އެވެސް މުޅިން ސިވިލް ކިއުއެސް އިންނޭ އެމްއީޕީ ކިއުއެސް ނެތޭ އެކަކުވެސް ރާއްޖޭގައި މީ އިޖްތިމާއީ ބޮޑުންގެ ގޮނޑިން ވިސްނަން ޖެހޭނެ ކަމެކޭ…