ޚަބަރު ސިޔާސީ

ޕާޓީ ބައިބައިކޮށް ވެރިކަން ބަލިކަށި ކުރަން މަސައްކަތް ކުރުމަކީ ޤައުމީ ވިސްނުމެއް ނޫން: އާޒިމާ

ޙައްވާ އިނާޝާ ، ދެން އޮންލައިން
އާޒިމާ ޝަކޫރް/ ފޮޓޯ: ރާއްޖެއެމްވީ

ޕާޓީ ބައިބައިކޮށް ވެރިކަން ބަލިކަށި ކުރަން މަސައްކަތް ކުރުމަކީ ޤައުމީ ވިސްނުމެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ކުރީގެ ވަޒީރު މަލީހު ޖަމާލަށް ރައްދު ދެެއްވައިފިއެވެ.

Ads by Hajj Corporation

އާޒިމާ ފޭސްބުުކުގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީ ބާރަށް ހިނގައިގަތުމަށް 13 މެމްބަރުންގެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލި ކަމަށް މަލީހް ވިދާޅުވެފައި ވާތީއެވެ. ހަމަ އެހެންމެ ޕީޕީއެމް ހިންގުމަށް އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންގެ ބައިވެރިވުމެއް އަދި ސެނެޓްގެ ބަހެއް ނެތި ރައީސް ޔާމީން ސްޓިއަރިން ކޮމިޓީއެއް އުފެއްދެވި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އަދި މި މައްސަލައާ ގުޅިގެން މަލީހް މިއަދު ވިދާޅުވެފައި ވަނީ މަސައްކަތް ކުރަމުން މިގެންދަނީ ސީދާ ރައީސް ޔާމީންގެ އޯޑަރަށް ކަމަށެވެ.

އެހެންކަމުން މި މައްސަލައާއި ގުޅިގެން ޕީޕީއެމް/ޕީއެންސީގެ އަސާސީ ޤަވައިދާ ޚިލާފަށް ޕީޕީއެމް ބަދުނާމް ކުރައްވައި ޕާޓީ ބައިބައި ކުރުމުގެ މަސައްކަތެއް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ މަލީހް ޕީޕީއެމްގެ ހަރަކާތްތަކުން ސަސްޕެންޑުކޮށް އޭނާގެ މައްސަލަ އެ ޕާޓީގެ ސުލޫކީ ކޮމިޓީ އަށް މިއަދު ވަނީ ފޮނުވާފައެވެ.

އެގޮތުން މިކަމަށް އިޝާރާތް ކުރައްވާ އާޒިމާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މަލީހުއަށް ރައްދު ދެއްވާ ވިދާޅުވީ ފަނާ ފަނާކުރަނިވި އަހަރުތަކަކަށްފަހު ޕީޕީއެމް/ޕީއެންސީގެ މިންނަތް މަސައްކަތުން ﷲގެ ވާގިފުޅާއެކު އުންމީދި ވެރިކަމެއް ގެނެވިއްޖެ ކަމަށެވެ.

ޕާޓީބައިބައިކޮށް ވެރިކަން ބަލިކަށި ކުރަން މަސައްކަތް ކުރެއްވުމަކީ ޤައުމީ ވިސްނުމެއް ނޫން ކަމަށާއި މިކަމުން ދެރަވާނީ ޤައުމަށާއި ރައްޔިތުންނަށް ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance
  1. އިސްތިއުފާއޭ

    މުއިއްޒު ތިޔާ ބްރިޖް މަސައްކަތް ހިނގާ ގޮތް ބެލި ގޮތް މަމެން ޓީވީން ދެކުނީމާ އޭނާ ކަމަކީ މަގުމައްޗަށް ބަލަމުން ހިނގުމޭ މީޑިއާ އަށް ދެއްކެން ވެގެން ކުރާ ކަމެކޭ އޭނާ އަށް ވާނުވާ ވެސް ނޭގޭނެއޭ މިއަދު ބްރިޖް އަޅާ ސަރަހައްދަށް އޭނާ ކުރި ޒިޔާރަތުން ދޮން ކަޅު ވެސް އޭނާ އަށް ނޭގޭނެއޭ ދެން ފެންނާނީ ބްރިޖް އަޅާ ކުންފުނި އަތުން ކަޓް ނަގާ ބްރިޖް އަދި 50 އަހަރުން އެޅިނަމަވެސް އެންމެ ރަނގަޅޭ އޭނާ ބުނާ ތަނޭ ބަލަން ތިބޭތި މިނޫން ގޮތެއް ވޭތޯ ބްރިޖް އަޅާ ސަރަހައްދަށް ގޮސް ބެލުމަކީ ބްލޫ ކޮލަރ ހެދުމުގައި ގޮސް ހަގީގަތުގައި ވެސް މަސައްކަތް ކުރާ ސައިޓާއި އަދި މަސައްކަތުގައި ގެންގުޅޭ ތަކެއްޗާއި ކުރެހުމާއި ޕްލޭންސް ތައް ބަލާ ސައިޓް ބައްދަލުވުން ބޭއްވުމޭ ތިޔާއީ އަމާބުނީތީ ފަރަށްދާ އުސޫލުން މުއިއްޒު ބްރިޖް އަޅާ ސަރަހައްދަށް ދިޔާއީއޭ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ

    • ޗޯރު ވީތަނެއް ނޭންގެޔޭ

      ކަލޭ މުންޖޭ

  2. ޙަސަން ބާޤިރު

    ޓަކޫރު ނުބުނިނަމަ ތިކަން ނޭނގުނީސް. ވ ބޮޑަށް ޝުކުރިއްޔާ ޤާނޫނީއަމާ