ޚަބަރު

އެސްޓީއޯގެ އަންކާރާ ނައިޓް ހޮނިހިރު ދުވަހުގެ ރޭ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ތުރުކީން އިމްޕޯޓުކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާ އަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އަންކާރާ ނައިޓް އަންނަ ހޮނިހިރު ދުވަހުގެ ރޭ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ބޭއްވުމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކޮށް އެސްޓީއޯ އިން ބުނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއާ ގުޅިގެން ކުރިއަށް ގެންދާ މި އަންކާރާ ނައިޓް ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ރޭ 8:00 ން 10:30 އަށް ކަމަށެވެ.

އެގޮތުން މި އިވެންޓުގައި އަންކާރާ ޕާސްތާ ފްރީ ޓޭސްޓިންގ އަދި ލައިވް މިއުޒިކް އޮންނާނެ ކަމަށް އެސްޓީއޯ އިން ހާމަ ކުރެއެވެ.

އެސްޓީއޯ އިން ބުނީ މި އިވެންޓުގައި ބައިވެރިވެގެން އިނާމެެއް ހޯދުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށެވެ.

ތުރުކީން އިމްޕޯޓުކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ ތުރުކީގައި އެންމެ މަގުބޫލު ޕާސްތާ ބްރޭންޑެވެ.

އެސްޓީއޯ އިން ބުނީ އަންކާރާ ބްރޭންޑްގެ ޕާސްތާގެ ކްލެސިކް ރޭންޖާއި ވިޓަމިން ރޭންޖު،ތަރުކާރީ ،ބުރޭން،ހޯލް ވިޓް ގިނަ ވެރައިޓީތަކެއްގެ ޕާސްތާ، އެސްޓީއޯ ޕީޕަލް ޗޮއިސްއިން ލިބެން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން އަންކާރާ ވިޓަމިން ސީރީޒް އަކީ ވިޓަމިންތަކުން ފުރިފައިވާ، ހުރިހާ އުމުރުފުރަޔަކަށް ވެސް ވިޓަމިންގެ ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން މީރު ރަހައެއް ލާ ޕާސްތާއެކެވެ.

Ads by Allied Insurance
  1. މިއުޒިކް ކުޅެން ޖެހޭ ސަބަބަކީ ކޮބައިތޯ ވިޔަފާރި ކުރަން ވިޔަފާރި އިޝްތިހާރު ކުރަން ބާއްވާ އިވެންޓް ތަކުގައި ލަވަޔާއި މިއުޒިކް ޖަހަންޖެހޭ ސަބަބަކީ ކޮބައިތޯ !