ޤައުމާ ރައްޔިތުންނަށް ހެޔޮއެދޭ ނަމަ ވާންވީ މި އުފެދުނު ޤައުމީ ސަރުކާރާއެކު: ޑރ. ޚަލީލް
ޤައުމާ ރައްޔިތުންނަށް ހެޔޮއެދޭނަމަ ވާންވީ މި އުފެދުނު ޤައުމީ ސަރުކާރާއެކު ކަމަށް ހެލްތު މިނިސްޓަރު، ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޑރ. ޚަލީލް އެކްސް ގައި ކުރެެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައި ޕީޕީއެމް/ޕީއެންސީގެ އެއް ބާނީ ކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ވެރިކަން ހިންގާ ކޯލިޝަނުގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި އެ މަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގެން އިތުރު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެގޮތުން ޑރ. ޚަލީލް ވިދާޅުވީ ދިވެހިރައްޔިތުން އެދެނީ ޤައުމުގެ ޙާލަތު ބަދަލުކުރަން ަކަމަށާއި ރައްޔިތުން އެދޭ ބަދަލު ގެންނަން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ އެވަޢުދުފުޅާއެކު ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރާނެ ކަމުގެ އެޖެންޑާއާއެކު ކަމަށް ޚަލީލް ވިދާޅުވެފައި ވެއެވެ.
ހަމަ އެހެންމެ ހަލަބޮލި 5 އަހަރަށް ފަހު ރައްޔިތުން އެދެނީ ހިތްހަމަޖެހުމާއެކު ދިރިއުޅެން ކަމަށާއި ރައްޔިތުން އެދެނީ ދިވެހި ޤައުމުގެ ގެއްލިފައިވާ ހައިބަތު އިޢާދަ ކުރަން ކަމަށް ޑރ. ޚަލީލް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުން އެދެނީ ދަރަނި ދަންތުރައިން ނުކުމެ ބޯހިޔާވަހިކަން ޙައްލު ކުރަން ކަމަށާއި ރައްޔިތުން މިއެދޭ ބަދަލަށް އިންތިޒާރުނުކޮށް ޤައުމު ހަލަބޮލިކުރަން ނުކުންނަނަމަ އެދެއްކެނީ މަވެތިކަމުގެ އިންތިހާ ކަމަށް ޑރ. ޚަލީލް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޤައުމާ ރައްޔިތުންނަށް ހެޔޮއެދޭ ނަމަ ވާންވީ މި އުފެދުނު ޤައުމީ ސަރުކާރާއެކު.
ފަހަތަށް ބެލުމެއްނެތި ކަމަށާއި ޤައުމަކަށް ވުރެ އެއްވެސް ފަރުދެއް ބޮޑެއްނުވާނެ ކަމަށް ޑރ. ޚަލީލް ވަނީ ވިދާޅުވެފައެވެ.
ފޯރި އެބަހުރިތާ ދޯ
ކުޅިވަރު ބަލަން އަހަރުމެން ރައްޔިތުން ތިބޭނެ.